ހުޅުމާލެ ފޭސް 2 އިން މާލެ ރައްޔިތުންނަށް ދޭ ހުރިހާ ގޯއްޗެއް ހަވާލުކޮށް ނިމިއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް 2 އިން މާލެ ރައްޔިތުންނަށް ދޫކުރުމަށް ހަމަޖެހިފައިވާ ހުރިހާ ގޯއްޗެއް އިއްޔެ ހަވާލުކޮށް ނިމިފައިވަކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން އެކްސްގައި ރޭ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ  ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ހުޅުމާލެ ފޭސް 2 އިން ދޫކުރަން ހަމަޖެހިފައިވާ ހުރިހާ ގޯއްޗެއް އެ ތަންތަނުގެ ވެރިފަރާތާ ހާވަލުކޮށް ނިމިފައިވާ ކަމަށެވެ.

ރައީސް މުއިއްޒު ވަނީ ހުޅުމާލެ ފޭސް 2 އިން ގޯތި ލިބުނު ފަރާތްތަކަށް މިމަހުގެ ނިޔަލަށް ގޯތިތައް ހަވާލުކޮށް ނިންމާނެކަމަށް ވިދާޅުވެފަ އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް 2 އިން މާލެ ރައްޔިތުންނަށް 1،408 ގޯތި ދޫކުރަން ނިންމާފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ. ހުޅުމާލެ ފޭސް 2 ގެ އިތުރުން ގިރާވަރުފަޅުންނާއި ގުޅިފަޅުންނާއި ހުޅުމާލެ ފޭސް 3 އިންވެސް ވަނީ ގޯތި ދޫކޮށްފަ އެވެ. ނަމަވެސް އޭރު ގޯތި ދޫކޮށްފައިވަނީ ހުޅުމާލެ ފޭސް 3 އާއި ގުޅިފަޅާއި ގިރާވަރުފަޅު ނުހިއްކަ އެވެ.

މި ސަރުކާރުން ވެރިކަމާ ހަވާޅުވުމަށްފަހު މިހާރު ދަނީ ހުޅުމާލެ ފޭސް 3 އާއި ގުޅިފަޅާއި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން ގުޅިފަޅުގެ ލޭންޑް ޔޫޒް ޕްލޭނަށް ގެނައި ބަދަލާއެކު އެ ތަނުން ގޯތި ލިބުނު މީހުންގެ މެދުގައި އަލުން ގުރުއަތުލާން މިއަދު ވަނީ ފަށާފަ އެވެ.

ގުޅިފަޅު ލޭންޑް ޔޫޒް ޕްލޭނަށް ގެނައި ބަދަލާއެކު މިހާރު އެތަނުން ދޫކުރުމަށް ނިންމާފައިވަނީ 3،520 ގޯއްޗެވެ.

ހައުސިން މިނިސްޓްރީ ހުޅުމާލެ ފޭސް 2 ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބިންވެރިޔާ ސްކީމް ގިރާވަރުފަޅު ގުޅީފަޅު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ