ރަސްމާލެ ޓަނަލްއަކީ ރައީސް މުއިއްޒުގެ ވިޝަންއެއް، ދެން ކުރަންވީ މަސައްކަތް: މިނިސްޓަރު މުއްތަލިބް

Advertisement

Advertisement

އެންމެ ފަސް

Advertisement

ރަސްމާލެ އާއި މާލެއާއި ދެމެދު ކަނޑުއަޑީގެ ޓަނަލްއަކުން ގުޅާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިޝަންއެއްކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މުއްތަލިބު މިހެން ވިދާޅުވީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން މައުލޫމާތު ހިއްސާ ކުރެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

މުއްތަލިބު ވިދާޅުވީ ރައީސް މުއިއްޒު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ވިޝަންއެއްގެ ވާހަކަފުޅު ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އެ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ވިޝަންއެއްގެ ވާހަކަ. އެމަނިކުފާނު އެންވިޝަން ކުރައްވަނީ މާލެއިން ރަސްމާލެއަށް ގުޅިފަ އޮންނާނީ ޓަނަލްއެއްގެ ތެރެއިންނޭ. އެހެންވީމާ އެމަނިކުފާނު އެންވިޝަން ކުރެއްވުމުން ދެން އޮންނާނީ އެކަމަށް މަސައްކަތް ކުރުން.

މުއްތަލިބް ވިދާޅުވީ މިކަމަކީ މިވަގުތު ދުނިޔޭގައި ފެންނަން ހުރި ޓެކްނޮލޮޖީއެއް ނޫން ކަމަށެވެ. އެގޮތުން މިއީ މިވަގުތު ދުނިޔޭގެ އެއްވެސް ތަނެއްގައި އޯޕަންސީގަ ހަދާފައިވާ ކަހަލަ އިންފްރާސްޓްރަކްޗާއެއް ނޫންކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެންވިޝަން ކުރަން އެނގި އެކަން ކުރަން ކެރުމަކީ ލީޑަރެއްގެ ގައިގައި ހުންނަ ވަރަށް ހާއްސަ ސިފައެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ރައީސް މުއިއްޒު އެންވިޝަން ކުރެއްވި ކަމަކީ ދިވެހިރާއްޖެއަށް ތަރައްގީ ވަރަށް ބޮޑަށް ބޭނުންފުޅު ވެގެން އެމަނިކުފާނު ކުރެއްވި ކަމެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި މަސައްކަތް ކުރުމުގެ ކުރިން އެކަމުގެ ފީސިބިލިޓީ ބަލަންޖެހޭކަންވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އަދި ބައެއް މަސައްކަތްތައް މިނިސްޓްރީން ކޮށްފައިވާކަންވެސް މިނިސްޓަރު ހާމަ ކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަސްމާލެ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ