ސިނގިރޭޓް އެތެރެ ކުރީ ބައެއް މުވައްޒަފުން އަމިއްލަ މަންފާއަށް، ފިޔަވަޅު އަޅައިފިން: ހޯކްސް

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖެއަށް ވަގަށް އެތެރެކުރި ސިނގިރޭޓްތަކެއް ދަ ހޯކްސް ކުންފުނީގެ ބޯޓަކުން ފެނުނު ނަމަވެސް އެއީ ކުންފުންޏާއި ގުޅުންހުރި އެއްޗެތިތަކެއް ނޫން ކަމަށާއި، އެކަން ކުރީ ކުންފުނީގެ މުވައްޒިފުންތަކެއް އެ މީހުންގެ އަމިއްލަ މަންފާއަށް ކަމަށް ހޯކްސް ޕްރައިވެޓް ލިމިޓެޑް އިން ބުނެފި އެވެ.

ތެޔޮ ހިފައިގެން ރާއްޖެ އައިސް ތިލަފުށީގައި ބަނދަރުކޮށްފައި އޮތް ހޯކްސްގެ ބޯޓަކުން މެންޗަސްޓާ ބްރޭންޑުގެ ގިނަ އަދަދެއްގެ ސިނގިރޭޓް ކާޓޫނުތަކެއް ފެނިގެން ކަސްޓަމްސް އާއި ފުލުހުން ހާއްސަ އޮޕަރޭޝަނެއް ދަނީ ހިންގަމުން ނެވެ. ކަސްޓަމްސް އިން ބުނި ގޮތުގައި 1.695 މިލިއަން ރުފިޔާގެ ސިނގިރޭޓު ސްޓިކްސް ވަނީ އަތުލައިގެންފަ އެވެ.

އެކަމާއި ގުޅިގެން ހޯކްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ހާދިސާއާ ގުޅިގެން އިދާރީގޮތުން ތަހުގީގުކުރަން ފަށައި، ކެމެރާ ފުޓޭޖްތައް ބެލިބެލުމުން ކުންފުނީގެ ބައެއް މުވައްޒަފުން ޣައިރު ޤާނޫނީ ހަރަކާތްތަކަށް ކުންފުނީގެ ވަސީލަތްތައް ބޭނުންކޮށް އަމިއްލަ މަންފާ ނަގަން މަސައްކަތްކޮށްފައިވާކަމުގެ ތުހުމަތު ކުރެވިފައިވާ ކަމަށެވެ. މި މުވައްޒަފުން ވަގުތުން މަސައްކަތުން އެކަހެރިކޮށް، ކަމާބެހޭ ތަހުގީގީ އިދާރާތަކަށް އެކަން ރިޕޯޕޯޓްކޮށްފައިވާ ކަމަށް ހޯކްސްއިން ބުނެފައިވެ އެވެ.

”މިފަދަ ޢައިރު ގާނޫނީ އަމަލުތަކުގައި ދަ ހޯކްސް އިން ގެންގުޅޭ ސިޔާސަތަކީ ޒީރޯ ޓޮލަރެންސް ޕޮލިސީއެވެ،“ ކުންފުނިން ބުންޏެވެ. އަދި ”ކުރިއަތް އޮތް ތަނުގައިވެސް ދަ ހޯކްސްގެ ރިސޯސަސް މިފަދަ ނަހަމަ ގޮތެއްގައި ބޭނުންކުރުން ހުއްޓުވުމުގެ ގޮތުން ކުންފުނީގެ އެތެރޭގެ ކޮންޓްރޯލް ހަރުދަނާކުރުމަށް އިތުރު ފިޔަވަޅުތައް ކުންފުނިން ދަނީ އަޅަމުންނެވެ.“ ކަމަށް ކުންފުނީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ހޯކްސްއިން އިތުރަށް ބުނެފައިވަނީ އެ ކުންފުންޏަކީ ތެލުގެ ވިޔަފާރިކުރާ ކުންފުންޏެއް ކަމަށާއި، ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ އެއްވެސް ބާވަތެއް އެތެރެކުރުމުގެ އެއްވެސް ވިޔަފާރިއެއްގައި ބައިވެރިވުމެއް އަދި އެފަދަ އެއްވެސް ޝައުގުވެރިކަމެއް ކުންފުނީގައި ނެތް ކަމަށެވެ. އަދި މީޑިއާތަކުގައި ދެކެވޭ ބައެއް ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް ބުނެ، ޒިންމާދާރުކަމާއެކު މިފަދަ ޚަބަރުތައް ރިޕޯޓުކުރުމަށް މީޑިއާތަކަށް ގޮވާލާފައިވެ އެވެ.

މި މައްސަލައިގައި ޒިންމާ ނަގަންޖެހޭ ފަރާތްތައް ހޯދުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުމަށް ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން ވެސް ހޯކްސްއިން ވަނީ ދީފަ އެވެ.

ހޯކްސްއިން ފާހަގަކޮށްފައިވާ ގޮތުގައި، ކުންފުނީގެ މެނޭޖްމަންޓުން މި މައްސަލައިގައި ފުލުހުންނަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދީފައިވެ އެވެ. އަދި ޤާނޫނާ ޚިލާފު ޢަމަލުތަކުގައި ބައިވެރިވެ އެ ޢަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ ހައްޔަރުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ފުރިހަމަ އެއްބާރުލުން ދީފައިވާނެ ކަމަށް ބުނެފައިވެ އެވެ.

އިތުރު ތަފްސީލު ދެމުން، ހޯކްސްއިން ބުނެފައިވަނީ ބަލައި ފާސްކުރުމުގެ އަމުރެއް ނުވަތަ ކޯޓު އަމުރެއް ނެތި ފުލުހުން ތަނަށް ހާޒިރުވި ނަމަވެސް، ކޯޓު އަމުރު ލިބެންދެން ފުލުހުން އެތަނުގައި ހަރަކާތްތެރިވުމަށް ފުރުސަތު ދިން ކަމަށެވެ.

ހޯކްސްއިން އިތުރަށް ފާހަގަކޮށްފައިވަނީ ތަފާތު 10 ޤައުމެއްގެ 900 އަށްވުރެ ގިނަ މުވައްޒަފުން އެ ކުންފުނީގައި މަސައްކަތް ކުރަމުންދާއިރު، ކުންފުނިން އަބަދުވެސް މަސައްކަތްކޮށްފައިވަނީ މުވައްޒަފުންގެ ލާބައާއި މަންފާއަށް ކަމަށެވެ. ނަމަވެސް، ކުންފުނީގެ މަދު މުވައްޒަފުންތަކެއް ބައިވެރިވެ ކުންފުނީގެ މެނޭޖްމަންޓުން މުވައްޒަފުންނާމެދު ކުރި އިތުބާރާއި ޔަޤީންކަން ގެއްލޭގޮތަށް ހިންގާފައިވާ މި ޢަމަލަކީ ކުންފުންޏަށް ލިބުނު ބޮޑު ހައިރާންކަމެއް ކަމުގައި ބުނެފައިވެ އެވެ.

ހޯކްސް ޕްރައިވެޓް ލިމިޓެޑް ކަސްޓަމްސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ