ބަޖެޓް ދިރާސާކުރަން ކޮމިޓީއަށް އިތުރު އެއް ދުވަސް ދީފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ސަރުކާރުން ހުށަހަޅާފައިވާ ސަޕްލިމެންޓަރީ ބަޖެޓް ދިރާސާކުރުމަށް ބަޖެޓް ކޮމިޓީއަށް އިތުރު އެއްދުވަސް ދިނުމަށް މަޖިލީހުން ފާސްކޮށްފި އެވެ.

މަޖިލީހުން މީގެކުރިން ފާސްކޮށްފައިވަނީ އެއް ދުވަހުގެ ތެރޭގައި ބަޖެޓްގެ މަސައްކަތް ނިންމުމަށެވެ. އެހެންނަމަވެސް މިއަދު އަނެއްކާވެސް މަޖިލީހުން ވަނީ ބަޖެޓް ދިރާސާ ކުރާ ކޮމިޓީއަށް ބަޖެޓް ދިރާސާ ކުރުމަށް އިތުރު އެއް ދުވަސް ދިނުމަށް ފާސްކޮށްފަ އެވެ.

މިގޮތަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 80 މެންބަރުންގެ ވޯޓުންނެވެ.

ބަޖެޓް ދިރާސާ ކުރާ ކޮމިޓީއަށް މިއަދު ފިނޭންސް މިނިސްޓަރާއި ގަވަރުނަރު އަދި އޮޑިޓާ ޖެނެރަލްގެ ލަފާ ހޯދުމަށް އެބޭފުޅުން ހާޒިރު ކުރުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

ސަޕްލިމެންޓަރީ ބަޖެޓްގެ ގޮތުގައި ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވަނީ 5.1 ބިލިއަން ރުފިޔާ އެވެ.

ސަޕްލިމެންޓަރީ ބަޖެޓުގެ އެންމެ ބޮޑު ބައެއް ކަނޑައަޅާފައިވަނީ ޕީ.އެސް.އައި.ޕީ ނުވަތަ ތަރައްޤީގެ މަޝްރޫޢުތަކަށެވެ. މިގޮތުން 2 ބިލިއަން ރުފިޔާ ވަނީ މި ބަޔަށް ކަނޑައަޅާފައެވެ.

ސަޕްލިމެންޓްރީ ބަޖެޓުގައިވާ ގޮތުން، މި އަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި އިތުރަށް 640.1 މިލިއަން ރުފިޔާ ލިބޭނެއެވެ. 2024 ވަނަ އަހަރުގެ ބަޖެޓް ފާސްކުރިއިރު، އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ 33.5 ބިލިއަން ރުފިޔާއެވެ. ނަމަވެސް މިހާރު އިތުރުކުރެވޭ 640.1 މިލިއަން ރުފިޔާއާއެކު، މި އަހަރުގެ ޖުމްލަ އާމްދަނީ 34.2 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.

ރައްޔިތުންގެ މަޖިލިސް ދައުލަތުގެ ބަޖެޓް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ