ޕޮލިސް ސްޓޭޝަން އަޅަން ހަވާލުކުރި ކުންފުނިން ގަތީ ބިގުގެ ހިއްސާ، ހަދަނީ މޫނިމާގެ: އިހުސާން

Advertisement

Advertisement

އެންމެ ފަސް

Advertisement

ކުރީ ސަރުކާރުން ރާއްޖޭގެ އެކި ރަށްރަށުގައި ޕޮލިސް ސްޓޭޝަންތައް އެޅުމަށް ހަވާލުކުރި އިންޑިއާގެ އިންދިރާ ޕްރްޖެކްޓްސް ކުންފުނިން ޕޮލިސް ސްޓޭޝަންތައް އެޅުމުގެ މަސައްކަތް ކުރިއަށް ނުގެންދާ ކަމަށާއި އެހެންނަމަވެސް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އާއިލީ މަސްލަހަތު އޮންނަ ބިގް ކުންފުނީގެ ހިއްސާ އެކުންފުނިން ގަނެ މާލޭގެ ގެއެއް ހަދަމުންދާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އިހުސާންއާ ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވަނީ ކުރީ ސަރުކާރުން ޕޮލިސް ސްޓޭޝަން އެޅުމުގެ މަޝްރޫއަށް އިންޑިއާގެ ކުންފުންޏަށް ފައިސާ ދޫކުރިކަން ފާހަގަކޮށް، އެފައިސާއިން އޭރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހުޅުމާލެއިން ގޯތިތަކެއް ބައްލަވައިގަތް ކަމަށް ތުހުމަތު ކުރައްވާފަ އެވެ. ފަލާހް ވަނީ އެކަމުގެ މައުލޫމާތު ހުރިތޯ މިނިސްޓަރާއި ސުވާލު ކޮށްފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ އެ ޕްރޮޖެކްޓަކީ އިންދިރާ ޕްރޮޖެކްޓްގެ ނަމުގައި އިކޮނޮމިކް މިނިސްޓްރީއަށް ފުރަތަމަ ހުށަހެޅުނު ޕްރޮޖެކްޓެއް ކަމަށެވެ. ނަމަވެސް 2 އަހަރު ފަހުން ޕޮލިސް ސާވިސްއާ ހިސާބަށް ގެނެސްގެން 60 ޕޮލިސް ސްޓޭޝަނެއް އެޅުމަށް ގާތްގަނޑަކަށް 60 މިލިއަންގެ ޕްރޮޖެކްޓެއް ކަމަށް ރޭވި އޭގެ ފައިނޭންސް ކުރާނީ އިންޑިއާގެ އެކްޒިމް މެދުވެރިކޮށްކަމަށް ކަނޑައެޅި އެއްބަސްވުންތަކުގައި ސޮއި ކުރެވުނު ކަމަށެވެ. މި މަސައްކަތް ފެށުމަށް ވަރަށް ބާރަށް މަސައްކަތްތަކެއް ކުރެވުނުކަން ލިޔެކިޔުންތަކުން ދައްކާކަން ފާހަގަކޮށް އިހުސާން ވިދާޅުވީ ނަމަވެސް އަމަލީ އެއްވެސް މަސައްކަތެއް ހިނގާފައި ނެތްކަމަށެވެ.

މަޝްރޫއު ހަވާލުވުމަށްފަހު ކުންފުނިން ދިވެހި ސަރުކާރުގައި ފުރަތަމަ އެދިފައިވަނީ މަޝްރޫއުގެ 15% ފައިސާ ދިނުމަށް ކަމަށާއި އެގޮތުގެ މަތިން އޭރުގެ ސަރުކާރުން 3.6 މިލިއަން ޑޮލަރު އެކުންފުންޏަށް ދީފައިވާ ކަމަށެވެ.

”އެހެންނަމަވެސް އަދި އަދާ ހަމައަށް އައިއިރު، އަޅުގަނޑުމެންނަށް ފިޒިކަލީ އެ ކުންފުނިން އެ ލާރިއަށް ކުރި ކަމެއްގެ ތަފްސީލެއް ނުދޭ، އަޅުގަނޑުމެންގެ އެއް ބައްދަލުވުމުގައި އެ ލާރި ހުރިކަމަށް ބުނެފައި އެބޮތް. އެހެންނަމަވެސް ފިޒިކަލީ އެއްވެސް ކަމެއް ކޮށްފައެއް ނެތް. ދިވެހި ދައުލަތުގެ ފައިސާ ވަނީ އެ ކުންފުނީގައި.“ މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.

އެ ކުންފުނިން ރާއްޖޭގައި ދެން ކުރަނީ ކޮން ކަމެއް ބެލިކަން ފާހަގަކޮށް މިނިސްޓަރު އިހުސާން ވިދާޅުވީ ބިގް ކުންފުނީގެ ޝެއާ އެ ކުންފުނިން ގަނެގެން މާލޭގައި މޫނިމާގެ ކިޔާ ގެއެއްގެ އިމާރާތުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްގޮސް ނިމެމުންދާ ކަމަށެވެ.

ބިގް ކުންފުންޏަކީ ފައްޔާޒްގެ އާއިލީ ބޭފުޅުންގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. ފައްޔާޒް މިނިސްޓަރު ކަމާ ހަމައަށް ވަޑައިގަތުމާ ހަމައަށް ބިގްގައި ފައްޔާޒްގެ ހިއްސާވެސް އޮވެ އެވެ. މޫނިމާގެއަކީ ބިގް ކުންފުނިން ބީއެމްއެލްއިން ނަގާފައިވާ ލޯނެއް ނުދެއްކުމުން ވިއްކާލުމަށް ސިވިލް ކޯޓުން ހުއްދަ ދީފައިވާ ގެއެކެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ރައްޔިތުންގެ މަޖިލިސް ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ