މެންބަރުން އިތުރުކުރުމަށް ނާޖާއިޒު އުކުޅުތައް ގެންގުޅެފައި ނުވާނެ: އަބްދުއްރަހީމް އަބްދުﷲ

Advertisement

Advertisement

އެންމެ ފަސް

Advertisement

ވެރިކަން ކުރާ ކޮންގްރެސް ޕާޓީއަށް މެންބަރުން އިތުރުކުރުމަށް ނާޖާއިޒު އުކުޅުތައް ގެންގުޅެފައި ނުވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ ރޭ ކޮންގްރެސް ޕާޓީގެ މެންބަރޝިޕް އިތުރު ކުރުމަށް މާލޭގައި ކުރިޔަށް ގެންދެވުނު ހަރަކާތުގައި ޕާޓީ އާއި ގުޅިވަޑައިގަތް ގިނަ އަދަދެއްގެ މެންބަރުންގެ ފޯމު ހަވާލުކުރުމަށް އެ ޕާޓީގެ އޮފީހުގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް ޕާޓީން މެންބަރުން އިތުރުކުރުމަށް ސޮއި ފޯޖް ކުރުމާއި ރިޝްވަތު ދިނުން ފަދަ ކަންތައްތައް ނުހިންގާ ކަމަށެވެ. މިފަދަ އުކުޅުތަކަކީ ތާއީދު ނެތް ސިޔާސީ ލީޑަރުން ގެންގުޅޭ އުކުޅުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

“ރައްޔިތުން ބަލައިނުގަންނަ ސިޔާސީ ލީޑަރުން ޕާޓީ އުފެއްދެވީމަ އެފަދަ އުކުޅުތައް ގެންގުޅެން ޖެހޭ. އަޅުގަނޑުމެން އެކަހަލަ އެއްވެސް ކަމެއް ނުކުރަން،” އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ޕާޓީގެ ލީޑަރޝިޕާއި ހަވާލުވެވަޑައިގެންނެވި އިރު ޕާޓީގައި ތިއްބެވީ 3،022 މެންބަރުން ކަމަށާއި، މިހާރު އެންމެ މެންބަރުން ގިނަ ޕާޓީއަކީ ކޮންގްރެސް ޕާޓީ ކަމަށް އޭނާ ވިދާޅުވި އެވެ. މިހާރު އެ ޕާޓީގައި 65،000 އާއި ގާތްކުރާ އަދަދަކަށް މެންބަރުން ދަފްތަރުވެފައިވާ ކަމަށް ކޮންގްރެސް ޕާޓީން ބުނެފައިވެ އެވެ. މި އަދަދު 75،000 އަށް އިތުރުކުރުމަށް ކޮންގްރެސް ޕާޓީން އަމާޒުހިފާފައިވެ އެވެ.

މަޖިލީހުގެ ރައީސްގެ މިގޮތަށް ވިދާޅުވެފައިވަމިވަނީ ސަރުކާރު ހިންގާ ޕާޓީގެ މެމްބަރުންގެ އަދަދު އިތުރުކުރުމަށް އާންމުންނަށް ރިޝްވަތު ދެމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތަކާ ގުޅިގެން ނެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ޕީޕީއެމް އިން ސޮއި ފޯޖްކޮށް، ސަރުކާރު އޮފީސްތަކުގެ ރެކޯޑްތައް ރައްކާކޮށްފައިވާ މީހުންގެ ޒާތީ މައުލޫމާތު، ޕާޓީއަށް މެންބަރުން އިތުރުިތުރުކުރުމަށް ބޭނުން ކުރަމުންދެ އެވެ.

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޕީޕީއެމް އިން ދައުލަތުގެ ވަސީލަތްތަކާއި އޮފީސްތައް އެ ޕާޓީގެ އަމިއްލަ މަސައްކަތްތަކުގައި ނަހަމަ ގޮތެއްގައި ބޭނުން ކުރަމުންދާ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގުކޮށް ކުށްވެރިވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އެމްޑީޕީން އިލްތިމާސްކޮށްފައިވެ އެވެ.

އެ ތުހުމަތުތަކަށް ރައްދިދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުން ބަލައިގަންނަ ލީޑަރުން އެފަދަ އަމަލެއް ހިންގެވުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ.

“ކޮންމެ ރެއެއް ކަހަލަ ގޮތަކަށް ޕީއެންސީ އާއި އައު މެންބަރުން ގުޅެމުންދަނީ. ގަދަބާރުން އެއްވެސް މީހަކު އަޅުގަނޑުމެންގެ ޕާޓީއާއި ގުޅިފައެއް ނުވޭ،” އަބްދުއްރަހީމް ވިދާޅުވި އެވެ.

ކޮންގްރެސް ޕާޓީން ކޮންމެ ހަފްތާ ބަންދެއްގައި އަންނަނީ ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ ހަރަކާތްތައް ހިންގަމުންނެވެ.

ކޮންގްރެސް ޕާޓީ އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ