އަގުބޮޑު ބޭސްތަކުގެ އަގު ހެޔޮ ކުރަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

އާސަންދަ ސްކީމްގެ ދަށުން އެންމެ ގިނައިން ދޫކުރާ 250 ބޭހެއްގެ އަގަށް ބަދަލުގެނައުމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ނިންމައިފި އެވެ.

އެންސްޕާ އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ވަނީ އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ފިޔަވަޅުތަކުގެ ތެރެއިން 87 ބޭހެއްގެ އަގަށް ނޮވެމްބަރު އެކަކުން ފެށިގެން ބަދަލު ގެނައުމަށެވެ. އަދި 126 ބޭހެއްގެ އަގަށް ނޮވެމްބަރު 24 އިން ފެށިގެން ބަދަލު ގެންނާނެ ކަމަށް ބަޔާނުގައި ވެއެވެ.

އަގު މުރާޖައާ ކުރާ ބޭހުގެ ތަފްސީލުތައް އާސަންދައިގެ ވެބްސައިޓުގައި އާންމުކުރާނެ ކަމަށް ބަޔާނުގައި ވެއެވެ.

މި ފިޔަވަޅުތަކުގެ ސަބަބުން، ބޮޑު އަގުގައި ވިއްކަމުން އައި ބޭސްތަކުގެ އަގު ހެޔޮވެ، އާސަންދަ ސްކީމުގެ ދަށުން ބޭހަށް ކުރާ ހަރަދުން އަހަރަކު 220 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް އެންސްޕާގެ ބަޔާނުގައި ވެއެވެ.

“މި ބަދަލާ ގުޅިގެން އާސަންދަ ސްކީމު މެދުވެރިކޮށް ރައްޔިތުންނަށް ރައްޔިތުންނަށް ހިލޭ ބޭސް ލިބިދިނުމުގެ އިންތިޒާމު އެއްވެސް ބަދަލެއް ނައިސް، މި ބޭސް ލިސްޓުގައި ހިމެނޭ ކޮންމެވެސް އެއް ބްރޭންޑެއް އެސްޓީއޯގެ ފާމަސީތައް މެދުވެރިކޮށް، އިތުރު އަގަކާ ނުލައި ލިބެން ހުންނާނެކަން ފާހަގަކުރަން”

އާސަންދަ ސްކީމުގައި ރަޖިސްޓަރީ ކޮށްފައިވާ އަމިއްލަ ފާމަސީތަކުގެ ތެރެއިން މި ބޭސްތައް ވިއްކުމަށް ރަޖިސްޓަރީ ކޮށްފައިވާ ފާމަސީތައް މެދުވެރިކޮށް، އިތުރު އަގަކާ ނުލައި ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.

އެންސްޕާ އިން ވަނީ އާސަންދަ ސްކީމު މެދުވެރިކޮށް ހިދުމަތް ހޯދުމަށް ފަހު ރަސީދު ހޯދުމަށް ވެސް އިލްތިމާސްކޮށްފައެވެ. ބޭސް ވިއްކަން ޖެހޭ އަގުގެ ލިސްޓާ ހިލާފަށް ބޭސް ދޫކުރާ ނަމަ އެކަން އެންސްޕާގެ “ޝިކާވަތި” ޗެޓްލައިން 7951400 އަށް ނުވަތަ 1400 އަށް ގުޅައިގެން ރިޕޯޓު ކުރުމަށް އެދިފައި ވެއެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އާސަންދަ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ