ބަޖެޓް ކޮމިޓީގެ މުގައްރިރަކަށް ފަޒާދު

Advertisement

Advertisement

އެންމެ ފަސް

Advertisement

ސަޕްލިމެންޓަރީ ބަޖެޓް ދިރާސާ ކުރާ ކޮމިޓީގެ މުގައްރިރަކަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު އައްޔަނު ކޮށްފި އެވެ.

ސަޕްލިމެންޓަރީ ބަޖެޓްގެ މަސައްކަތް ކުރާ ބަޖެޓް ކޮމިޓީގެ މަސައްކަތް މިއަދު ފަށާފައިވާއިރު އެ ކޮމިޓީގެ މުގައްރިރަކަށް އައްޔަނު ކޮށްފައިވަނީ މެންބަރު ފަޒާދު އެވެ. އަދި އަދި ނައިބު މުގައްރިރުގެ މަގާމަށް އައްޔަނު ކޮށްފައިވަނީ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ.

ސަޕްލިމެންޓަރީ ބަޖެޓްގެ ގޮތުގައި ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވަނީ 5.1 ބިލިއަން ރުފިޔާ އެވެ.

ސަޕްލިމެންޓަރީ ބަޖެޓުގެ އެންމެ ބޮޑު ބައެއް ކަނޑައަޅާފައިވަނީ ޕީ.އެސް.އައި.ޕީ ނުވަތަ ތަރައްޤީގެ މަޝްރޫޢުތަކަށެވެ. މިގޮތުން 2 ބިލިއަން ރުފިޔާ ވަނީ މި ބަޔަށް ކަނޑައަޅާފައެވެ. މީގެ އިތުރުން،

  • ސަރުކާރު ކުންފުނިތަކަށް 441.1 މިލިއަން ރުފިޔާ،
  • ކޮންޓިންޖެންސީ ބަޖެޓަށް 650 މިލިއަން ރުފިޔާ،
  • ސްޓޫޑެންޓް ލޯނަށް 458 މިލިއަން ރުފިޔާ،
  • މެޑިކަލް ކޮންސިއުމަބަލްސްއަށް 200 މިލިއަން ރުފިޔާ،
  • ބޭސްފަރުވާގެ އެހީއަށް 262.6 މިލިއަން ރުފިޔާ،
  • ސަބްސިޑީއަށް 1.02 ބިލިއަން ރުފިޔާ،
  • މުސާރައާއި އުޖޫރައަށް 24.4 މިލިއަން ރުފިޔާ.

ސަޕްލިމެންޓްރީ ބަޖެޓުގައިވާ ގޮތުން، މި އަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި އިތުރަށް 640.1 މިލިއަން ރުފިޔާ ލިބޭނެއެވެ. 2024 ވަނަ އަހަރުގެ ބަޖެޓް ފާސްކުރިއިރު، އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ 33.5 ބިލިއަން ރުފިޔާއެވެ. ނަމަވެސް މިހާރު އިތުރުކުރެވޭ 640.1 މިލިއަން ރުފިޔާއާއެކު، މި އަހަރުގެ ޖުމްލަ އާމްދަނީ 34.2 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.

ރައްޔިތުންގެ މަޖިލިސް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ދައުލަތުގެ ބަޖެޓް ގާސިމް އިބްރާހިމް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ