އިންޑިއާ ޓޫރިސްޓުންގެ އަދަދު އެއްލައްކައަށް ވުރެ މައްޗަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

މިދިޔަ އަހަރު ރާއްޖޭގެ އެއްވަނާގައި އޮތް އިންޑިއާއިން އަންނަ ޓޫރިސްޓުންގެ އަދަދު ދަށް ވުމަށްފަހު އަނެއްކާ ވެސް އެއް ލައްކައައް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެފަހުން މައުލޫމާތު އާއްމު ކޮށްފައިވަނީ މި މަހުގެ 22 ވަނަ ދުވަހު އެވެ.

އެ ދުވަހާހަމަ އަށް އިންޑިއާ އިން 97،000 އަށްވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. އެ ގައުމުން މިހާރު ދުވާލެއްގެ މައްޗަށް 800 އެއްހާ ޓޫރިސްޓުން އަންނަ ކަމަށް އަންދާޒާ ކުރެވެ އެވެ. އަދި މި އަދަދު ތަކަށް ބަލާލާނަމަ މިހާރު ވަނީ އެއް ލައްކަ އިންޑިއާ ޓޫރިސްޓުން ހަމަވެފަ އެވެ.

އިންޑިއާ ޓޫރިސްޓުންގެ އަދަދު އިތުރުވިއިރު މިހާރު އެ ގައުމުން ރާއްޖޭގެ މާކެޓުގެ 6.0 ޕަސެންޓް ހިއްސާ ކުރެވެ އެވެ.

އިންޑިއާ މާކެޓު ގޯސްވެގެން ދިޔައީ އެ ގައުމުގެ ބެލުމުގެ ދަށުގައިވާ ރަށެއްގައި ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ ނަމުގައި ބޮޑު ވަޒީރު ނަރެންދުރަ މޯދީ ފެއްޓެވި ކެމްޕޭންއަކާ ދިމާކޮށް ރާއްޖެ ބޮއިކޮޓް ކުރަން އިންޑިއާގައި ފެށި ކެމްޕޭނެއްގެ ސަބަބުންނެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ އިންޑިއާ މާކެޓު ރަނގަޅު ކުރަން ގިނަ މަސައްކަތް ތަކެއް ފަށާފަ އެވެ. މިގޮތުން ބައެއް ޓޫރިޒަމް ޖަމިއްޔާތަކާ ގުޅިގެން އިންޑިއާގެ ބޮޑެތި ސިޓީތަކުގައި ރޯޑްޝޯވްތައް ވެސް ބޭއްވި އެވެ. އަދި އިންޑިއާގެ ފިލްމީ އިންޑަސްޓްރީއާ ގުޅިގެން ރާއްޖެ މާކެޓު ކުރަން މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެފައިވެ އެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް ފަތުރުވެރިކަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ