ޓެކްސްތައް ބޮޑު ކުރުމަށް ހުށަހަޅާފައިވާ އިސްލާހުތައް މާދަމާގެ ނިޔަލަށް ނިންމަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހަތަރު ބިލުގެ މަސައްކަތް ސަބް-ކޮމިޓީން މާދަމާގެ ނިޔަލަށް ނިންމުމަށް އެ ކޮމިޓީން ފާސްކޮށްފި އެވެ.

މި ހަތަރު ބިލަކީ ޓެކްސްތައް ބޮޑުކުރުމަށް ހުށަހަޅާފައިވާ އިސްލާހުތަކެވެ.

ކޮމެޓީގެ މަސައްކަތް މާދަމާގެ ނިޔަލަށް ނިންމާލުމަށް ފާސްކުރީ މިއަދު ބޭއްވުނު ސަބް-ކޮމިޓީގެ ބައްދަލުވުމުގައި، މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްގެ ހުށަހެޅުމަކަށް، ވޯޓުގައި ބައިވެރިވި 16 މެންބަރުންގެ އަޣުލަބިއްޔަތުން ނެވެ. މި ހުށަހެޅުމާ ދެކޮޅަށް 3 މެންބަރުން ވޯޓު ދެއްވި އެވެ.

މީގެ އިތުރުން، މި ބިލުތަކާ މެދު އާންމުންގެ ޚިޔާލު ހޯދުމަށް މާދަމާގެ މެންދުރު 2:00 ގެ ކުރިން ފުރުސަތު ދިނުމަށްވެސް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

ސަރުކާރުން ހުށަހަޅާފައިވާ ހަތަރު ބިލުގެ ތެރޭގައި ހިމެނެނީ:

  1. މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު – ޓީޖީއެސްޓީ 16% އިން 17% އަށް ބޮޑުކުރުމަށް
  2. އެއަރޕޯޓުން ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު – އެއަރޕޯޓުން ފުރާ މީހުންގެ އަތުން ނަގާ ފީތައް ބޮޑުކުރުމަށް
  3. ޓޫރިޒަމް ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު – ގްރީން ޓެކްސް ބޮޑުކުރުމަށް
  4. ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު – ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމަށް

މި ސަބް-ކޮމިޓީގެ މުޤައްރިރަކީ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް އެވެ. އަދި ނައިބު މުޤައްރިރަކީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދެވެ.

މި ބިލުތަކުގެ މަސައްކަތް އެންމެ ފުރަތަމަ ފެށުނީ މުޅި މަޖިލީހުގެ ކޮމިޓީގަ އެވެ. ނަމަވެސް އިތުރަށް ދިރާސާކުރުމަށްޓަކައި މިދިޔަ ބުދަ ދުވަހު ވަނީ މި ސަބް-ކޮމިޓީއަށް ފޮނުވާފަ އެވެ.

ރައްޔިތުންގެ މަޖިލިސް ގާސިމް އިބްރާހިމް ޓެކްސް ބޮޑުކުރުން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ