ގދ. ގައްދޫ ބޭރުގައި އޮތް ސަފާރީއަކުން ބަނގުރާފުޅުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން މިކަން ހާމަކޮށްފައި ވަނީ، ފުލުހުންގެ ވެބްސައިޓްގައި މިއަދު ޝާއިރުކުރި ހަބެރެއްގަ އެެވެ.
ފުލުހުން ބުނީ، އެތަކެތި އަތުލައިގެންފައި ވަނީ ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ޑްރަގް ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރުގެ ދަށުން އެ ސަފާރީ ބަލައި ފާސްކުރުމަށްފަހު ކަމަށެވެ.
ގައްދޫ ޕޮލިސް ސްޓޭޝަނާއި ޑްރަގް ނާކޮޓިކްސް އިންޓެލިޖެންސަށް ގުޅިގެން އިއްޔެ ހިންގި އެ އޮޕަރޭޝަނުގައި އެ ސަފާރީ ބަލައިފާސްކުރިއިރު 1224 ދަޅު ބަނގުރަލާއި 124 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ބެލުމުގެ ދަށަށް ގެންދިޔަ ދެ މީހުންނާ ސުވާލުކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.