ނަސްރުގެ ދުވަހު ހާއްސަ ފޮޓޯ މައުރަޒެއް ބާއްވަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

މިއަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ފޮޓޯ މައުރަޒެއް ބާއްވަން ނިންމައިފި އެވެ.

ޑިފެންސް މިނިސްޓްރީން މިކަން ހާމަކޮށްފައި ވަނީ، އެ އިދާރާއިން ގެޒެޓްގައި ޝާއިއުކުރި އިއުލާނެއްގަ އެވެ.

އެ އިއުލާނުގައި ބުނެފައި ވަނީ، ނޭޝަނަލް އާޓް ގެލެރީގައި ބާއްވާ މި ފޮޓޯ މައުރަޒަކީ 1988 ވަނަ އަހަރު ނޮވެންބަރު 03 ވަނަ ދުވަހުގެ ހާދިސާ ހިނގާދިޔަ ގޮތް ވަރަށް ރަނގަޅަށް އާންމުންނަށް ދައްކުވައިދޭ ގޮތައް ފަރުމާކުރެވިގެން އަދި އެދުވަހު ކަންކަން ހިނގާދިޔަ ގޮޮތް ސިފަވާގޮތައް ކޮންސެޕްޓް އެކުލެވިގެން ބޭއްވޭ މައުރަޒެއް ކަމަށެވެ.

މި މައުޒަރު ކުރިއަށްދާނީ މި އަންނަ މަހުގެ 3 ވަނަ ދުވަހުން ފެށިގެން 7 ވަނަ ދުވަހާ ހަމައަށް ކަމަށްވެސް އިއުލާނުގައި ބުނެފައިވެ އެވެ.

އިއުލާނުގައި ބުނެފައިވަނީ، މި މައުލޫމާތު ގިނަ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ ގޮތުން އަދި ހާއްސަކޮށް ކިޔަވާކުދިންނަށް މި މައުލޫމާތުތަކަކީ ވަރަށް މުހިންމު މައުލޫމާތުތަކަކަށްވާނެތީ، ޔުނިވާސިޓީތަކާއި ކޮލެޖްތަކާއި ސްކޫލްތަކުގެ  ކުދިންނަށާއި އާންމުންނަށް މި ފޮޓޯ މައުރަޒަށް ޒިޔާރަތްކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މައުރަޒު ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ފެށިގެން 12:00 އާ ހަމައަށް ކަަމަށާއި، އަދި މެންދުރުފަހު 14:00 އިން ފެށިގެން 18:00 އަށާއި ރޭގަނޑު 20:00 އިން ފެށިގެން 22:00 އަށް ކަމަށްވެސް އިއުލާނުގައި ބުނެފައިވެ އެވެ.

އެމްއެންޑީއެފް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ