ޑޮމެއިން ނަމްބަރު ބޯޑުގެ ހިދުމަތް އަލުން ފަށާއިރު އެއާ ގުޅޭ ލިޔެކިޔުންތަކުގައި ސެކިއުރިޓީ ފީޗާސް ހިމަނާނެކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އަމީން މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ޑޮމެއިން ނަންބަރު ބޯޑުގެ ހިދުމަތާ ގުޅޭ ގޮތުން ނެރެފައިވާ ބަޔާނަކާއެކު އަމީން ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ ކުރިއަށް މަހުގެ ފެށުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި ޑޮމެއިން ލިޔެކިޔުންތަކުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމާއެކު އާންމުންނަށް ބިޑް އުސޫލުން ދޫކުރާނެ އިތުރު ޑޮމެއިންތައް ކަނޑައެޅުމަށް ނިންމާފައިވާ ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ބަޔާނުގައި ވަނީ ނިމިދިޔަ ސަރުކާރުގައި ޑޮމެއިން ހިދުމަތާ ގުޅޭ ގިނަ އަދަދެއްގެ މައްސަލަތަކެއް ފެންމަތިވުމާއެކު އެ ހިދުމަތް ހުއްޓާލަން އޭރު ރައީސް އޮފީހުން އަންގާފައިވާކަން ފާހަގަކޮށްފަ އެވެ. އަދި މި ހިދުމަތަކީ ޒުވާނުންގެ ތެރޭގައި ވަރަށް މަގުބޫލު ހިދުމަތަކަށްވުމުން މި ސަރުކާރުގެ އަމާޒަކީ މައްސަލަތަށް އަވަހަށް ހައްލުކޮށް މި ހިދުމަތް ދޭން ފެށުންކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން ކުރިން އެހާ ގިނަ މައްސަލަތަކެއް ކުރިމަތިވެގެން ދިޔައީ ރިކޯޑުތައް ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ނެތުމުން ކަމަށާއި މިހާރު މަސައްކަތް ކުރަމުން ދަނީ ރިކޯޑުތައް ބަލަހައްޓާ އަދި މޮނީޓާ ކުރާނެ ހަރުދަނާ ނިޒާމެއް ގާއިމު ކުރަންކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ. އަދި މި މަސައްކަތުގައި ފާއިތުވި 10 މަސް ދުވަހުގެ ތެރޭގައި އެކަށީގެންވާ ކާމިޔާބީތަކެއް ލިބިފައިވާކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.
މިނިސްޓަރު މުހައްމަދު އަމީން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން