ގުރައިދޫން 39 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ކ. ގުރައިދޫގައި ގަވައިދާ ހިލާފަށް ވިޔަފާރިކުރަމުންދިޔަ 30 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިމިގުރޭޝަނުން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހުގެ ފެށި އޮޕަރޭޝަން ފުރަތަމަ ގުރައިދޫގައި ހިންގާފައިވާއިރު އެރަށުން 42 ތަނެއް ބަލައި ފާސްކޮށް، 106 ބިދޭސީން ޗެކްކޮށްފައިވާ ކަމަށް އިމިގުރޭޝަނުން ބުނެފައިވެ އެވެ.

އިމިގްރޭޝަންގެ 20 އޮފިސަރުންނާއި 9 ފުލުހުން ބައިވެރިވެގެން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި ވިސާ ފުރިހަމަ ނޫން 11 ބިދޭސީން އިމިގްރޭޝަނަށް ހާޒިރުވުމަށް ލިޔުން ދީފައިވާއިރު، ވަޒީފާ ދޭ 5 ދިވެހިންނަށް ލިޔުމުން ނަސޭހަތްދީފައިވެ އެވެ.

އިމިގްރޭޝަނުން ބުނީ އެ އޮޕަރޭޝަންގެ ތެރެއިން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ގޮތުގައި ބަގުލަދޭޝް މީހުންނާއި، ސްރީލަންކާ މީހުންނާއި، ނޭޕާލް މީހުންގެ އިތުރުން ނައިޖީރިއާ މީހުން ހިމެނޭ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު 10:30 އިން ފެށިގެން ހަވީރު 5:30 އަކަށް 8 ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި އިމިގްރޭޝަނުގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު އާއި ޑެޕިއުޓީ ކޮންޓްރޯލާ އަހުމަދު އަޝްފާން އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައިވާ ކަމަށް އިމިގްރޭޝަންއިން ބުނެފައިވެ އެވެ.

އިމިގްރޭޝަންގެ މަގްސަދަކީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި، އެމީހުންނާމެދު އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމެވެ.

ބިދޭސީން ބިދޭސީންގެ މައްސަލަ އިމިގްރޭޝަން އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ