ބޮލީވުޑްގެ އެކްޓްރެސް ސަނީ ލިއޯން އާއިލީ ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ 

Advertisement

އެންމެ ފަސް

Advertisement

ބޮލީވުޑްގެ ބަތަލާ ކަރެންޖިތު ‘ކެރެން’ ކައުރް ވޮހްރާ، އޭނާގެ ސްޓޭޖް ނަން ކަމަށްވާ ސަނީ ލިއޯން، އާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެ އެވެ.

ސަނީ ލިއޯން އާއި އެކު އޭނާގެ ފިރިމީހާ އަދި އެކުވެރި އެކްޓަރު ޑެނިއަލް ވެބާ އާއި އެމީހުންގެ ތިން ދަރިން ހޮނިހިރު ދުވަހު ބޮލިވަނީ ރާއްޖެ އައިސްފަ އެވެ.

ވެލެނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގަތުމުން އެމީހުންނާ ސަލާމް ކުރީ ލޯކަލް އިންފްލޫއެންސަރުން ކަމަށްވާ ފާޒިލް އިސްމާއިލް (ފިޓް ފާޒިލް) އާއި އާމިނަތު ޝާނާ އެވެ.

ސަނީ ލިއޯން އާއި އޭނާގެ އާއިލާ ޗުއްޓީ ހޭދަކުރުމަށް ހަމަޖެހިފައިވަނީ ނޯއީ މޯލްޑިވްސް ކުނާވެށި ރިސޯޓުގައެވެ. މި ދަތުރުގައި އެ އާއިލާ ކިހާ ދުވަހެއް ރާއްޖޭގައި ހޭދަކުރާނެކަން އަދި ހާމަކޮށްފައެއް ނުވެއެވެ.

ސަނީ ލިއޯން އަކީ ބޮލީވުޑްގެ މަޝްހޫރު ތަރިއެއް ކަމުން، މި ދަތުރުން ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ޕްރޮމޯޝަނެއް އިންޑިއާގެ މާކެޓުގައި ލިބިގެންދާނެ ކަމަށް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެފައިވެއެވެ.

އަދި މިފަދަ މަޝްހޫރު ތަރިން ރާއްޖެ އައުމަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް ލިބޭ ފުރުޞަތެއް ކަމުގައި އެ ދާއިރާގެ ފަރާތްތަކުންދެކެ އެވެ.

ބޮލީވުޑް ފަތުރުވެރިކަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ