ގުޅިފަޅުން ގޯތި ލިބިފައިވާ މީހުންގެ މެދުގައި ގުރުލުން އޮކްޓޫބަރު 29 ގައި ބާއްވަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ގުޅިފަޅުން ގޯތި ލިބިފައިވާ މީހުންގެ މެދުގައި މިމަހުގެ 29 ވަނަ ދުވަހު ގުރުއަތުލުން ބޭއްވުމަށް ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.

މި ގުރުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ ހެނދުނު 09:00 އިން ފެށިގެންނެވެ. ގުރުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގަ އެވެ.

ހައުސިން މިނިސްޓްރީން ގެޒެޓުގައި ޝާއިރުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކުރިން ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ލޮކޭޝަނަށް ބަދަލު އައިސްފައިވާ ކަމަށެވެ. އެއީ ”ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން“ގެ ދަށުން އައިސްފައިވާ ބަދަލާ ގުޅިގެންކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

މި ބަދަލާއި ގުޅިގެން މިދެންނެވި ގޯތިތަކުގެ ވެރިފަރާތްތަކާއި މިހާތަނަށް ގުޅީފަޅުން ގޯތި ހަވާލުކޮށްފައިވާ ފަރާތްތަކުގެ އިތުރުން މި މިނިސްޓްރީން 16 އޭޕްރިލް 2024 ގައި ކޮށްފައިވާ އިޢުލާނާއި ގުޅިގެން ގިރާވަރު ފަޅުން ލިބިފައިވާ ގޯތިތައް ގުޅީފަޅަށް ބަދަލު ކުރުމަށް އެދުނު ފަރާތްތަކުގެ މެދުގައި 4 ޖޫން 2024 ގައި މިނިސްޓްރީއިން ނެގުނު ގުރުއަތުން، ގުޅީފަޅަށް ގޯތި ބަދަލުވެފައިވާ ފަރާތްތަކުގެ މެދުގައި ގުރުނެގުން 29 އޮކްޓޫބަރ 2024 ވާ އަންގާރަ ދުވަހުގެ ދަރުބާރުގެ ރަންނަބަނޑޭރި މާލަމްގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ.

ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ތަފްސީލް:

  • 1250 އަކަފޫޓުގެ 669 ގޯތި
  • 1650 އަކަފޫޓުގެ 1234 ގޯތި
  • 2050 އަކަފޫޓުގެ 916 ގޯތި
  • 2450 އަކަފޫޓުގެ 473 ގޯތި
  • 2850 އަކަފޫޓުގެ 158 ގޯތި
  • 3250 އަކަފޫޓުގެ 49 ގޯތި
  • 3650 އަކަފޫޓުގެ 21 ގޯތި

ހައުސިން މިނިސްޓްރީން ބުނީ މި ގުރުލުން ކުރިއަށް ގެންދާނީ އެ މިނިސްޓްރީން އެކަމަށްޓަކައި ހަމަޖައްސާފައިވާ މުވައްޒަފުން ކަމަށެވެ. އަދި ގުރުނެގުމުގެ ކަންކަން ކުރިއަށް ގެންދާނީ މި މިނިސްޓްރީން އެކުލަވާލާފައިވާ ލިސްޓުގައިވާ ތަރުތީބުންކަމަށްވެސް ބުނެފައިވެ އެވެ.

ހައުސިން މިނިސްޓްރީ ބިންވެރިޔާ ސްކީމް ބޯހިޔާވަހިކަން ގުޅީފަޅު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ