ކޮމަންވެލްތްގެ އާ އެސްޖީއަށް ރާއްޖެއިން މަރުހަބަ ކިޔައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ކޮމަންވެލްތް ގެ އެސްޖީ އަކަށް ގަނާގެ ފޮރިން މިނިސްޓަރ، ޝިރުލީ އަޔޯރކޯރ ބޮޗްވޭ އައްޔަން ކުރުމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުހައްމަދު ލަތީފް މަރުހަބާ ވިދާޅުވެއްޖެ އެވެ.

ނައިބުރައީސް މަރުހަބާ ކިޔާފައި ވަނީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އެ ޕޯސްޓުގައި ނައިބު ރައީސް ވިދާޅުވީ، ޝިރުލީގެ ދައުރުގައި ކޮމަންވެލްތުގެ ޤައުމުތަކުގެ ލާބަޔާއި މަންފާއަށްޓަކައި ކޮމަންވެލްތާއި ގާތުން ދިވެހި ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.

ގަނާގެ ފޮރިން މިނިސްޓަރު ޝިރުލީ ކޮމަންވެލްތުގެ ސެކްރެޓެރީ ގެނަރަލްގެ މަގާމަށް އައްޔަން ކޮށްފައި ވަނީ އިއްޔެ އެވެ.

ކޮމަންވެލްތަކީ މިނިވަން އަދި ހަމަހަމަ އިސްތިގުލާލީ 56 ދައުލަތެއްގެ ހިލޭސާބަހަށް ހިންގާ ޖަމިއްޔާއެކެވެ. ކޮމަންވެލްތްގެ ޖުމްލަ އާބާދީއަކީ 2.7 ބިލިއަން، އޭގެ ތެރެއިން 60 އިންސައްތައަށްވުރެ ގިނަ މީހުންނަކީ 29 އަހަރުން ދަށުގެ މީހުންނެވެ.

ކޮމަންވެލްތު މުޅި ދުނިޔެއަށް ފުޅާވެފައިވާއިރު، އޭގެ ތެރޭގައި ކުރިއަރާފައިވާ އިގްތިސާދުތަކާއި ތަރައްގީވަމުން އަންނަ ގައުމުތައް ވެސް ހިމެނެ އެވެ. އަދި ކޮމްންވެލްތްގެ މެންބަރުންގެ ތެރެއިން 33 މެންބަރުންނަކީ ކުދި ދައުލަތްތަކެކެވެ. އަދި އޭގެ ތެރެއިން ގިނަ ދައުލަތްތަކަކީ ޖަޒީރާ ޤައުމުތަކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް ކޮމަންވެލްތު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ