ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާކުރުމަށް ކޮމަންވެލްތާއިއެކު މަސައްކަތް ކުރާނަން: ނައިބު ރައީސް

Advertisement

Advertisement

އެންމެ ފަސް

Advertisement

ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާކުރުމަށް ކޮމަންވެލްތާއިއެކު އެކު ރާއްޖެއިން މަސައްކަތް ކުރައްވާނެ ކަމުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ސަމޯއާގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް މީޓިންގ (ޗޮގަމް)ގެ އެގްޒެކެޓިވް ސެޝަންގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ޑިމޮކްރަސީ، އިންސާނީ ހައްގުތައް، ސުލްހަމަސަލަސްކަން އަދި ތަފާތު ފިކުރުތަކަށް އިހްތިރާމްކުރުމަކީ މުޖުތަމައުތައް ކުރިއަރައި ދިއުމުގެ މައިގަނޑު ތަނބުތައްކަން ފާހަގަކުރެއްވި އެވެ. މި އަސާސްތަކުގެ ސަބަބުން ޤޤާނޫނީ ވެރިކަން ދެމެހެއްޓުމާއި ހެޔޮވެރިކަމުގެ މަގަށް މަގުފަހިވެގެންދާކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގައި މިނިވަންކަމާއި އިންސާފުވެރިކަމާއެކު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ހަތަރު ބުރެއް ކާމިޔާބުކަމާއެކު ބޭއްވިފައިވާކަން ފާހަގަކުރައްވައި، މިއީ ހަރުދަނާ ޑިމޮކްރެޓިކް ނިޒާމެއް ބިިނާކުރުމަށް ރާއްޖެއިން ކުރާ މަސައްކަތުގެ ހެއްކެއްކަމުގައި ވިދާޅުވި އެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ، މި އިންތިޚާބުތައް އޮބްޒާވްކުރުމުގައި ކޮމަންވެލްތުގެ ސެކްރެޓޭރިއެޓުން އަދާކުރައްވާފައިވާ މުހިންމު ދައުރަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ކޮމަންވެލްތުގެ އިންތިޚާބީ އެހީތެރިކަން އިތުރަށް ހަރުދަނާކުރުމަށާއި، އިންތިޚާބާބެހޭ އޮފިޝަލުންނާއި މުއައްސަސާތައް ތަމްރީނުކުރުމަށް އެދިވަޑައިގަތެވެ.

މީގެއިތުރުން، މުޅި އިންތިޚާބާބެހޭ ނިޒާމުގެ ފުރިހަމަ ޕްލޭނެއް އެކުލަވާލުމުގައި އެހީތެރިކަމަށް އެދިވަޑައިގަތެވެ. އިންތިޚާބާ ބެހޭ އޮބްޒަރވޭޝަން ރިޕޯޓްތަކުގެ ދުވެލި ހަލުވިކުރުމާއި، ރިކޮމެންޑޭޝަންތައް ތަންފ ތަންފީޒުކުރުމަށް އޮބްޒަރވޭޝަން ގުރޫޕުތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ލަފާދެއްވި އެވެ.

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވާހަކަފުޅު ނިންމަވާލެއްވީ، ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާކުރުމަށް ކޮމަންވެލްތާއެކު ދިވެހި ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

ސަމޯއާގައި ބޭއްވޭ މި ބައްދަލުވުމުގައި ރާއްޖޭގެ ވަފުދުގެ އިސް ލީޑަރެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފެވެ.

މި ބައްދަލުވުމަކީ ކޮމަންވެލްތު މެންބަރު ޤައުމުތަކުގެ އިސްވެރިން އެއްތަނަކަށް އެއްވެ، މުހިންމު މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ބާއްވާ އަހަރީ ބައްދަލުވުމެކެވެ. މިފަހަރުގެ ބައްދަލުވުމުގައި ޑިމޮކްރަސީ ހަރުދަނާކުރުމާއި، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާއި، ތިމާވެށި ހިމާޔަތްކުރުމުގެ މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރެވޭނެ ކަމަށް ބެލެވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް ރާއްޖެ - ސަމޯއާ ކޮމަންވެލްތު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ