މިނިސްޓަރު ޠާރިޤު ކޮލަމްބިއާއަށް ފުރާވަޑައިގެންފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތްކުރުމަށް ބައިނަލްއަގްވާމީ މުއާހަދާގެ 16 ވަނަ ބައްދަލުވުމުގައި ބައިވެރައިވެރިވެވަޑައިގަތުމަށް އެންވާރަމެންޓް މިނިސްޓަރ ޠާރިޤު އިބްރާހީމް ކޮލޮމްބިއާއަށް ފުރާވަޑައިގެންފި އެވެ.

ކޮލޮމްބިއާގެ ކަލީ ސިޓީގައި މިއަހަރުގެ އޮކްޓޫބަރު 21 އިން ނޮވެމްބަރު 1 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވާރސިޓީގެ 16 ވަނަ ކޮންފަރަންސް އޮފް ދަ ޕާރޓީސްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި މިނިސްޓަރު ޠާރިޤު ވަނީ ފުރާވަޑައިގެންފައެވެ. މި މުއާހަދާއަކީ ދިރޭތަކެތީގެ ނަސްލުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމުގެ މަގްސަދުގައި އެކުލަވާލާފައިވާ ބައިނަލްއަގްވާމީ އެއްބަސްވުމެކެވެ.

މި ބައްދަލުވުމުގައި މުއާހަދާ ތަންފީޒުކުރަމުންދާ ގޮތް ރިވިއުކޮށް، ބައިނަލްއަގްވާމީ ގޮތުން ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތްކުރުމަށް ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވޭނެ އެވެ. އަދި 2022 ވަނަ އަހަރު އެކުލަވާލި ކުންމިން-މޮންޓްރިއަލް ގްލޯބަލް ބަޔޯޑައިވަރސިޓީ ފްރޭމްވާރކް ރިވިއުކޮށް، މުއާހަދާގައި ބައިވެރިވެފައިވާ ގައުމުތަކުގެ ނޭޝަނަލް ބަޔޯޑައިވާރސިޓީ ސްޓްރެޓަޖީ އެންޑް އެކްޝަން ޕްލޭން ތަންފީޒުކުރުމުގައި މި ފްރޭމްވާރކްއާ ގުޅުވާލުމަށް މަސައްކަތްކުރާނެ އެވެ.

މީގެއިތުރުން، ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތައް މޮނިޓަރކުރާނެ ނިޒާމެއް ގާއިމުކުރުމާއި، މި މަސައްކަތަށް ކުރާ ހޭދަ އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވޭނެ އެވެ. އަދި ޑިޖިޓަލް ސީކުއެންސް އިންފޯމޭޝަނުން ލިބޭ ނަފާ ހަމަހަމަ ގޮތެއްގައި ބެހުމަށް އެކުލަވާލާ މަލްޓިލެޓަރަލް ނިޒާމު ނިންމައި، އޭގެ ތަންފީޒު ފެށުމަށް މަސައްކަތްކުރުން ވެސް ހިމެނެ އެވެ.

މި ބައްދަލުވުމަކީ ދުނިޔޭގެ ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކޮށް، ކުރިއަށް އޮތް އަހަރުތަކުގައި މި ދާއިރާއިން ކުރާނެ މަސައްކަތްތަކުގެ މަގުޗާޓު އެކުލަވާލުމަށް ބާއްވާ މުހިންމު ބައްދަލުވުމެއް ކަމުގައި ފާހަގަކުރެވެ އެވެ.

މިނިސްޓަރ ޠާރިޤު އިބްރާހީމް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ