ސިއްހީ ކުނި މެނޭޖުކުރުމަށް ހާއްސަ ފެސިލިޓީއެއް ގާއިމުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ބާރަށު ސިއްހީ މަރުކަޒުގައި މެޑިކަލް ކުނި މެނޭޖްކުރުމަށް ހާއްސަ ތަނެއް ގާއިމުކުރަން ސޮއިކޮށްފި އެވެ.

މިއީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ މާލީ އެހީއާއި ޔުނައިޓަޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) ގެ އެހީތެރިކަމާއެކު ކުރިއަށްގެންދާނެ މަޝްރޫއެއް ކަމަށް އެންވާރަމެންޓް މިނިސްޓްރީ އިން ބުންޏެވެ. މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާއިން ކުރިއަށްގެންދާ ”އެލިމިނޭޓިންގ ޕާސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް“ (ޕޮޕްސް) މަޝްރޫޢުގެ ދަށުން، ހއ. ބާރަށު ސިއްހީ މަރުކަޒުގައި މެޑިކަލް ކުނި މެނޭޖްކުރުމަށް ހާއްސަ ތަނެއް ގާއިމުކޮށް އެތަން ސިއްހީ ވުޒާރާއި ހަވާލުކުރުމަށް މިއަދު ދެ ވުޒާރާއިން އެއްބަސްވެފައި ވެއެވެ. އަދި ނެޝަނަލް ހެލްތު ލެބޯރެޓަރީގެ މަސައްކަތް ހަރުދަނާ ކުރުމަށް ހެވީމެޓަލްސް ޓެސްޓު ކުރެވޭ އައި.ސީ.ޕީ އެމް.އެސް މެޝިނެއް ފޯރުކުށްދިނުމަށް ތިމާވެއްޓާއި ހަކަތާއި ބެހޭ ވުޒާރާއާއި ސިއްހަތާއި ބެހޭ ވުޒާރާ ދެމެދު އެއްބަސްވުން ހަދާފައި ވެއެވެ.

މި އެއްބަސްވުމުގައި މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވުޒާރާގެ ވަޒީރު ޠާރިޤު އިބްރާހީމް އެވެ. އަދި ސިއްހަތާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް އެވެ.

މި އެއްބަސްވުމުގެ ދަށުން ހަވާލުކުރެވުނު ފެސިލިޓީގައި ސިއްހީ ދާއިރާއިން އުފެދޭ ކުނި ހަރުދަނާ އުސޫލުތަކާ އެއްގޮތަށް މެނޭޖުކުރުމަށް ރަށު ފެންވަރުގައި ނައްތާލުމަށް އެންމެ ރަނގަޅު ޓެކްނޮލޮޖީ އަދި ތިމާވެއްޓާ ރައްޓެހި އުސޫލުތައް ތައާރަފު ކުރެވޭނެ އެވެ. ހަމަ އެހެންމެ ނޭދެވޭ ގޮތުގައި ކުނި ނައްތާލުމުން ޖައްވަށް ބޭރުވާ ވިހަ މާއްދާތައް މަދުކުރެވޭނެ އެވެ. މިކަމުގެ ސަބަބުން ވެއްޓަށާއި ބާރަށުގައި ދިރިއުޅޭ ރައްޔިތުންގެ ސިއްހަތަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުން ރައްޔިތުން ރައްކާތެރި ކުރެވޭނެ އެވެ. ބާރަށުގައި ގާއިމު ކުރެވުނު ފެސިލިޓީ އަކީ ސިއްހީ މަރުކަޒެއްގައި ސިއްހީ ކުނި މެނޭޖުކުރުމަށް ރާއްޖޭގައި ގާއިމުކުރެވުނު ފުރަތަމަ ފެސިލިޓީ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންވާރަމެންޓް މިނިސްޓަރު ޠާރިޤު އިބްރާހީމް ވިދާޅުވީ ސިއްހީ ދާއިރާއިން އުފެދޭ ކުނި ނައްތާލުމުގައި އިންސިނަރޭޝަނަށް ބަރޯސާވާ މިންވަރު މަދުކުރުމަކީ މުހިންމުކަމެއް ކަމަށެވެ. މި ފަދަ ކުނި އިންސިނަރޭޓް ކުރުމުގެ ސަބަބުން ޖައްވަށް ނުރައްކާތެރި ވިހަ ގޭސްތައް ބޭރުވެ، ތިމާވެށްޓަށާއި އިންސާނުންގެ ސިއްހަތަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަމަށް ވިދާޅުވި އެވެ. މިކަމުގެ ހައްލެއްގެ ގޮތުން، އޯޓޯކްލޭވިންގ ފަދަ ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ޓެކްނޮލޮޖީތަކަށް ބަދަލުވުމަކީ މިހާރުން މިހާރަށްވެސް އަޅަންޖެހިފައިވާ މުހިންމު ފިޔަވަޅެއްެ ކަމަށް މިނިސްޓަރު އޮޅުންފިލުވާދެއްވި އެވެ. މިފަދަ ބަދަލުތަކަކީ ދިގު މުއްދަތުގައި އަޅުގަނޑުމެންގެ ޞިއްޙަތަށާއި ތިމާވެށި ރައްކާތެރިކުރުމަށް އެޅޭނެ ހަރުދަނާ ފިޔަވަޅެއް ކަމަށް ވިދާޅުވި އެވެ.

”ތިމާވެށި ތަގައްޔަރުވުމުގެ ސަބަބުން އިންސާނުންގެ ޞިއްޙަތަށާއި ދިރޭތަކެއްޗަށް ނުރައްކާ ކުރިމަތިވޭ. މާހައުލީ ނިޒާމުތައް ހަލާކުވޭ. އަޅުގަނޑުމެންގެ ދިރިއުޅުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވޭ. ސިނާއީ ކުނިތަކާއި ދަނޑުވެރިކަމުގައި ބޭނުންކުރާ ކެމިކަލްތަކުގެ ސަބަބުން ފެންފަށަލަ ތަގައްޔަރުވޭ. ހަމައެހެންމެ، ވައިގެ ތެރެއަށް ދޫކުރެވޭ ވިހަ ގޭސްތަކުގެ ސަބަބުން ވައި ނުސާފުވެ، އަޅުގަނޑުމެންގެ ނޭވާލާ ނިޒާމަށް ނޭދެވޭ އަސަރުކުރުވާ. މި މައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި، އަޅުގަނޑުމެން މި ދަނީ މަސައްކަތް ކުރަމުން. ސިއްހީ ވުޒާރާއާ ގުޅިގެން މިކަންތައްތަކާ ގުޅޭ ދިރާސާކުރުމާއި މި ފަދަ ދިރާސާކުރުމުގެ ގާބިލިއްޔަތު އިތުރަށް ހަރުދަނާ ކުރުމަށް އަޅުގަނޑުމެން މި ދަނީ މަސައްކަތް ކުރަމުން.“

މި ފަހުމުނާމާގެ ދަށުން ފޯރުކޮށްދީފައިވާ އައި.ސީ.ޕީ އެމް.އެސް އަކީ، ފެން ފަސްގަނޑު ސެޑިމެންޓްސް އަދި އިންސާނުންގެ ލޭގައި ވެސް ހެވީ މެޓަލްސް (މަރކުއިރީ، ކެޑްމިއަމް، ލެޑް) ފަދަ ހެވީ މެޓަލްސް މާއްދާ ހުންނަ މިންވަރު ދެނެގަނެވޭނެއެވެ. އިންޖީނުލީ އެއްގަމު އުޅަނދުތަކުގައި ބޭނުން ކުރާ ލެޑްއެސިޑް ބެޓެރި އާއި ބައެއް ކަހަލަ އިލެކްޓްރޯނިކްސް އާލަތްތަކުގައި ލެޑް ފަދަ ހެވީ މެޓަލްސް އެކުލެވެ އެވެ. އަދި ފުލޮރިޒެންޓް ބޮއްކާއި ބައެއް ބާވަތްތަކުގެ ކޮސްމެޓިކްސް ގައި މަރކިއުރީ އެކުލެވެއެވެ. މި މެޝިނުން ވަރަށް ދަށް މިންވަރުގައި ހުންނަ ހެވީމެޓަލްސްވެސް ދެނެގަނެވޭނެ އެވެ. މި މެޝިންގެ އެހީގައި ތިމާވެށި ތަޣައްޔަރުވުމުގެ ސަބަބުން އާންމު ޞިއްޙަތަށް ކުރާ ނޭދެވޭ އަސަރުތައް ދެނެގަތުމަށްޓަކައި ދިރާސާކުރުމަށް ބޭނުންވާ މައުލޫމާތު ހޯދޭނެ އެވެ. މިކަމުގެ ސަބަބުން ތިމާވެށި ހިމާޔަތްކުރުމަށާއި، އާންމު ސިއްހަތު ރައްކާތެރި ކުރުމަށް ސަރުކާރުން ކުރާ މަސައްކަތް ހަރުދަނާ ކުރެވޭނެ އެވެ. މި އެއްބަސްވުމުގެ ދަށުން ތިމާވެއްޓާއި ބެހޭ ވުޒާރާގެ ފަރާތުން މި މެޝިނަށް ބޭނުންވާ ކެމިކަލް ރިއެޖެންޓްތައް ނެޝަނަލް ހެލްތު ލެބޯރެޓަރީއަށް މި އަހަރު ނިމުމުގެ ކުރިން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ޕޮޕްސް މަޝްރޫއުގެ ދަށުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހއ. ބާރަށު ޞިއްޙީ މަރުކަޒުގައި ޤާއިމުކޮށްފައިވާ މެޑިކަލް ކުނި މެނޭޖްކުރުމުގެ ފެސިލިޓީގެ އިތުރުން، ނުރައްކާތެރި ކެމިކަލް ހިމެނޭ ކުނި ސްޓޯރ ކުރުމަށް އައްޑޫ ސިޓީގައި އިންޓެރިމް ހަޒަރޑަސް ކެމިކަލް ވޭސްޓް ސްޓޯރޭޖް ފެސިލިޓީއަކާއި ރ. ވަންދޫގައި ހަޒަރޑަސް ކެމިކަލް އެންޑް ވޭސްޓް މެނޭޖްމަންޓް ސިސްޓަމްއެއް ގާއިމްކުރުން ހިމެނެ އެވެ.

ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް މިނިސްޓަރ ޠާރިޤު އިބްރާހީމް މިނިސްޓްރީ އޮފް ހެލްތް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ