ހުޅުމާލެ ވެމްކޯ ޖެޓީއާ ދިމާލުން ދެ ޑިންގީ ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު ގެއްލިއްޖެ އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މި ހާދިސާ ހިނގާފައިވަނީ މިރޭ ދާދި ދެންމެއަކު ކަމަށެވެ. އަދި މި ހާދިސާގައި މީހަކު މޫދަށް ވެއްޓި ގެއްލިފައިވާކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.