ބޭނުން ވަނީ ބަހާއި އަމަލާއި ދިމާވާ އދ. އެއް: ހަލީލު

Advertisement

Advertisement

އެންމެ ފަސް

Advertisement

ބޭނުން ވަނީ ބަހާއި އަމަލާއި ދިމާވާ އދ. އެއް ކަމުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އދ. ގެ ޗާޓާ އުފެއްދި ޔުނައިޓެޑް ނޭޝަންސް ދުވަހުގެ މުނާސަބާއާއި ގުޅުވައިގެން ފޮނުއްވި މެސެޖެއްގަ އެވެ.

މި މެސެޖްގައި މިނިސްޓަރު ވިދާޅުވީ އދ. އަކީ ބައިބައިވުންތައް ރަނގަޅުކޮށް ސުލްހަ ބިނާކުރުމަށް ފިޔަވަޅު އެޅުމަށް ގޮވާލި ޖަވާބެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އދ. ގެ ޗާޓަރަކީ ސުލްހައާއި އަމާންކަމާއި، އިންސާނީ ހައްގުތަކާއި، ގާނޫނީ ވެރިކަމާއި، ދެމެހެއްޓެނިވި ތަރައްގީއިން ކުރިއަރާފައިވާ ދުނިޔެއަކަށް ހުޅުވާލި މަގެކެވެ.

ހަލީލް ވިދާޅުވީ 1965 ވަނަ އަހަރުން ފެށިގެން ރާއްޖެއަކީ މަލްޓިލޭޓަރަލް ނިޒާމަށް ވަރުގަދައަށް ތަބަވާ ގައުމެއް ކަމަށެވެ. އަދި އދ. އިން ވަނީ މޫސުމާާބެހޭ ފިޔަވަޅުތަކާއި، އިންސާނީ ހައްގުތަކާއި، ދެމެހެއްޓެނިވި ތަރައްގީއަށް ވަކާލާތުކޮށް، ސިޑްސްގެ އަޑު ތަމްސީލުކޮށްދީފައި ކަމަށް ފާހަގަކުރެއްވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ދުނިޔެއަށއަށް ބޭނުން ވަނީ ފިޔަވަޅު އަޅަން ތައްޔާރަށް ހުރި ޖަމާއަތެއް ކަމަށާއި އެ ޖަމާއަތެއްގެ ބަހާއި އަމަލުތަކަށް މާނައެއް ދޭހަވާ އދ. އެއް ކަމަށެވެ. މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށްޓަށް ގެއްލުންވާ ކަންތައް ހުއްޓުވައިދޭ ޖަމިއްޔާއެއް ބޭނުންވާ ކަމަށާއި، ފަލަސްތީނުގައި އިޒްރޭލުން ހިންގާ ނަސްލު ނައްތާލުމުގެ އަމަލުތަކާ ދެކޮޅަށް ކެރިގެން އަމަލުކުރެވޭނެ ޖަމާއަތެއް ބޭނުންވާ ކަމުގައިވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖެ - އދ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ