އުމުރުން ދުވަސްވީ މީހެއްގެ ކޭޝްކަޑުން ގިނައަދަދެއްގެ ރުފިޔާނެގި ދެމީހުން ހައްޔަރުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ގއ. ވިލިނގިލިން އުމުރުން ދުވަސްވީ އަންހެނެއްގެ ކޭޝްކާޑުން މާމެންދޫ އޭޓީއެމް އިން ގިނައަދަދެއްގެ ރުފިޔާނެގި ދެ މީހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، މި މައްސަލަ އޮކްޓޯބަރު 23 ވަނަދުވަހު 20:13 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ، މި ރިޕޯޓާއި ގުޅިގެން ކުރިޔަށް ގެންދިޔަ އޮޕަރޭޝަންގައި ކާޑު ވަގައްނެގިކަމަށް ތުހުމަތު ކުރެވޭ މާމެންދޫއިން ވިލިނގިއްޔަށް ދަނިކޮށް ކަނޑުމަތިން ހުއްޓުވައި އެ ދެމީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މީހުން ހައްޔަރުކޮށް އެމީހުން ދަތުރުކުރި ލޯންޗް ބަލައިފާސްކުރިއިރު އެ ކޭޝްކާޑު ބޭނުންކޮށްގެން އެމީހުން ވަގަށްނެގި ކަމަށް ބެލެވޭ 25،000 ރުފުޔާގެ ތެރެއިން 23،000 ރުފިޔާ ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ، ގއ. ވިލިނގިލީ/ ލައިފް، މުހައްމަދު ޝާއިން ޝަމީޒް (22އ) އަދި ލ. ގަން ތުނޑި/ ނޯތް ހެވެން، ހަމްދޫން ހަލީލް (24އ) އެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ