ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤަވާއިދުތައް އެކުލަވާލުމުގެ މަސައްކަތް ފަށައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާއިދުތައް އެކުލަވާލުމަށްޓަކައި ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާ ބައްދަލުވުމެއް މިއަދު ފަށައި ފިއެވެ.

މި ބައްދަލުވުން ބޭއްވެނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި މޯލްޑިވްސް ފެމިލީ ފައުންޑޭޝަން ގުޅިގެން ނެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވެނީ ދުންފަތުގެ ބާވަތްތައް އިޝްތިހާރު ކުރުމާބެހޭ ޤަވާޢިދު އަދި ދުންފަތުގެ ބާވަތްތަކުން ވިޔަފާރީގެ މުޢާމަލާތް ކުރުމާބެހޭ ޤަވާޢިދު އެކުލަވާލުމާ ގުޅޭގޮތުން ނެވެ. މި ދެ ޤަވާއިދަކީ ޤާނޫނު ނަންބަރު 2010/15 (ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނު) ގައި ބަޔާންކުރާ ޙައްޤުތަކާއި ޒިންމާތައް ކަށަވަރުކުރުމަށް މުހިންމު ދެ ޤަވާއިދެވެ.

ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި، ދުންފަތުގެ ބާވަތްތައް އިޝްތިހާރު ކުރުން މަނާ ކުރުމާބެހޭ ޤަވާޢިދުގެ މަޤްޞަދަކީ ޤާނޫނާ ޚިލާފަށް ދުންފަތުގެ ބާވަތްތަކާއި ވިޔަފާރި އިޝްތިހާރުކުރުން ހުއްޓުވައި، ދުންފަތުގެ އިސްތިޢުމާލުކުރުން މަދުކޮށް، ޢާންމު ޞިއްޙަތު ރައްކާތެރި ކުރުމެވެ. އަދި ދުންފަތުގެ ބާވަތްތަކުން ވިޔަފާރީގެ މުޢާމަލާތް ކުރުމާބެހޭ ޤަވާޢިދުގެ މަޤްޞަދަކީ ދުންފަތުގެ ވިޔަފާރި ކޮންޓްރޯލްކޮށް މޮނިޓަރކުރުމުގެ އުޞޫލުތައް ކަނޑައެޅުމެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ޤަވާޢިދުތައް ގެޒެޓުގައި ޝާއިޢުކުރުމުގެ ކުރިން، ކަމާގުޅޭ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމެވެ. މީގެ އިތުރުން، ޤަވާޢިދު ތަންފީޛު ކުރުމުގައި އެ ފަރާތްތަކުގެ އެއްބާރުލުން ހޯދުމަކީވެސް މި ބައްދަލުވުމުގެ މުހިންމު އަމާޒެކެވެ.

ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި، މި ބައްދަލުވުމުގައި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާއި މަދަނީ ޖަމްޢިއްޔާތައް ހިމެނޭ ގޮތަށް 50 އެއްހާ ބައިވެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވެ އެވެ. މި ދެ ޤަވާއިދު ގެޒެޓްކޮށް ތަންފީޒުކުރަން ފެށުމުން، ދުންފަތުގެ ވަބާއިން ދިވެހިން ރައްކާތެރިކުރުމަށް ކުރާ މަސައްކަތަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށް ހެލްތު މިނިސްޓްރީން ޤަބޫލުކުރެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) މިނިސްޓްރީ އޮފް ހެލްތް ދުންފަތް ކޮންޓްރޯލްކުރުމާއި، ވޭޕް މަނާކުރުން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ