ވޭޕް ބޭނުންކުރުމާއި ވިއްކުމަށް ބޮޑެތި ޖޫރިމަނާތަކެއް ކަނޑައަޅައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލެއްގައި، އީ-ސިނގިރޭޓާއި ވޭޕިންގ ޕްރޮޑަކްޓްތައް ވިއްކުމާއި ބޭނުންކުރުމަށް ބޮޑެތި ޖޫރިމަނާތަކެއް ކަނޑައަޅައިފި އެވެ.

އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ މަޖިލީހުގެހުގެ މެންބަރު އަހުމަދު އައިފާނެވެ. މި އިސްލާހުގެ މައިގަނޑު މަޤްޞަދަކީ ވޭޕް ބޭނުންކުރުމާއި ވިއްކުން މަނާކުރުމާއެކު، ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމެވެ.

ހުށަހެޅިފައިވާ އިސްލާހުގެ ދަށުން، 21 އަހަރުން ދަށުގެ ފަރުދުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކުރުމުގެ އިތުރުން، އެފަދަ ވިޔަފާރިއެއްގައި ބައިވެރިވުންވެސް މަނާވެގެންދާނެ އެވެ. މިހާރު ދުންފަތުގެ ބާވަތްތައް ވިއްކުމަށް ހުއްދަވެގެންވާ އެންމެ ކުޑަ އުމުރަކީ 18 އަހަރެވެ.

ބިލުގައި ހިމެނޭ މުހިންމު ނުކުތާތަކުގެ ތެރޭގައި:

  • ރާއްޖޭގައި ވޭޕް އިޝްތިހާރުކުރުން، އާންމުންނަށް ފެންނަ ތަނެއްގައި ބެހެއްޓުން، އަދި ވޭޕްގެ ބާވަތްތައް އެއްތަނުން އަނެއް ތަނަށް ގެންދިއުން މަނާކުރުން.
  • ދުންފަތާއި ދުންފަތާ ގުޅުންހުރި އެއްވެސް އެއްޗެއް އުފެއްދުން މަނާކުރުން.
  • އީ-ސިނގިރޭޓްފަދަ ވޭޕްކުރަން ބޭނުންވާ އާލާތްތައް ރާއްޖެ އެތެރެކުރުން، ވިއްކުން، ހިލޭ ބެހުން އަދި ބޭނުންކުރުން މަނާކުރުން.

ޖޫރިމަނާތަަކުގެ ތެރޭގައި:

  • ވޭޕް އާލާތްތައް ރާއްޖެއަށް އެތެރެކޮށްފިނަމަ 50,000 ރުފިޔާއިން ޖޫރިމަނާކުރުމާއެކު، އެތެރެކުރާ ކޮންމެ އެއްޗަކަށް 10,000 ރުފިޔާގެ މަގުން ޖޫރިމަނާކުރުން.
  • ވޭޕް އާލާތެއް ހިލޭ ބަހައިފިނަމަ 10,000 ރުފިޔާއިން ޖޫރިމަނާކުރުން.
  • ވޭޕްގެ އެއްވެސް ބާވަތެއް ބޭނުންކޮށްފި މީހަކު 5,000 ރުފިޔާއިން ޖޫރިމަނާކުރުން.
  • ކުޑަކުއްޖަކަށް ވޭޕް އާލާތެއް ވިއްކައިފިނަމަ ނުވަތަ ހިލޭ ދީފިނަމަ އިތުރު 50,000 ރުފިޔާގެ ޖޫރިމަނާއެއް ކުރުން.

މި އިސްލާހު ފާސްވެއްޖެނަމަ، ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ބިލަކީ ރާއްޖޭގައި ވޭޕް ބޭނުންކުރުން ހުއްޓުވުމަށާއި، ޒުވާނުންގެ މެދުގައި މި އާދަ ފެތުރުން ކުޑަކުރުމަށް އަމާޒުކޮށްގެން ގެނެވޭ މުހިންމު ބަދަލެއްކަމަށް ސަރުކާރުން ބުނެ އެވެ.

ރައްޔިތުންގެ މަޖިލިސް މިނިސްޓްރީ އޮފް ފިނޭންސް ޓެކްސް ބޮޑުކުރުން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ