5.1 ބިލިއަންގެ ބަޖެޓް ހުށަހެޅުން މިއަދުގެ މަޖިލިސް ޖަލްސާގައި

Advertisement

Advertisement

އެންމެ ފަސް

Advertisement

މި އަހަރަށް ފާސްކުރި 49.8 ބިލިއަންގެ ބަޖެޓް ހުސްވާތީވެ، ހުށަހަޅާ 5.1 ބިލިއަންގެ ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުން މިއަދުގެ މަޖިލިސް ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުން އާއްމުކޮށްފައިވާ އެޖެންޑާގައިވާ ގޮތުން މިއަދުގެ ހެނދުނު 11:00 ޖަހާއިރު އޮންނަ މަޖިލީހުގެ ޖަލްސާގައި އޮންނަނީ ސަޕްލިމެންޓަރީ ބަޖެޓް ހުށަހެޅުމެވެ. އަދި އެ ބަޖެޓާއި ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދިއުމެވެ. އިތުރު މަސައްކަތެއް ޖަލްސާއަށް އެޖެންޑާކޮށްފައެއް ނުވެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ޖަލްސާއަށް ހުށަހަޅާނީ 5.1 ބިލިޔަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ރިކަރަންޓް ޚަރަދުގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ޙަރަދުގެ ގޮތުގައި 3.5 ބިލިޔަން ރުފިޔާކަމަށް މިނިސްޓްރީއާ ހަވަލާދީ ދައުލަތުގެ މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.

މި އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުމަކީ މި ފަހަކަށް އައިސް ސަރުކާރުތަކުން އާންމުކޮށް ކުރާކަމެކެވެ. އެގޮތުން މިދިޔަ އަހަރުވެސް 6 ބިލިއަންގެ ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކުރި އެވެ.

ރައްޔިތުންގެ މަޖިލިސް ރާއްޖޭގެ އިގްތިސާދީ ހާލަތު މިނިސްޓްރީ އޮފް ފިނޭންސް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ