މަޖިލީހުގެ ރައީސް ވެސް މުސާރައިގެ %50 ނުނަންގަވަން ނިންމަވައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް މުސާރައިގެ ދެބައިކުޅަ އެއްބައި ނުނަންގަވަން ނިންމަވައިފި އެވެ.

މި ނިންމެވުން އިއުލާނު ކުރެއްވީ މިރޭ އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

މަޖިލީސް ރައީސް މި ނިންމެވުން ނިންމެވީ ދިވެހި ދައުލަތުގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކަށް އެއްބާރުލުން ދެއްވުމުގެ ގޮތުންނެވެ. ރައީސް މުޢިއްޒު ވަނީ އެމަނިކުފާނުގެ މުސާރައިގެވެސް 50 އިންސައްތ ނުނެންގެވުމަށް ނިންމަވައިފަ އެވެ. އަދި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރައިން 10 އިންސައްތަ ކުޑަ ކުރެއްވުމަށް ނިންމަވާފަ އެވެ.

މި ފިޔަވަޅުތަކަކީ 2025 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހެޅުމުގެ ކުރިން، އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން އަޅުއްވާ ފިޔަވަޅުތަކެކެވެ. މި ފިޔަވަޅުތައް އަޅުއްވާނީ 2 އަހަރު ދުވަހުގެ މުއްދަތަށެވެ.

ރައީސް މުޢިއްޒުގެ ނިންމެވުމުގައި ހިމެނެނީ:

  • ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން 10 އިންސައްތަ އުނިކުރެއްވުން
  • ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10 އިންސައްތަ އުނިކުރެއްވުން
  • ކުންފުނިތަކުގެ ވެރިންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90,000 ރުފިޔާ ކަމަށް ކަނޑައެޅުއްވުން
  • މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން 10 އިންސައްތަ އުނިކުރުމަށް ހުށަހެޅުއްވުން
  • ޝަރުޢީ ދާއިރާގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައިން 10 އިންސައްތަ އުނިކުރުމަށް އެދިވަޑައިގަތުން

ނަމަވެސް، 12,000 ރުފިޔާއިން ދަށުން މުސާރަ ލިބޭ ފަރާތްތައް މި ފިޔަވަޅުތަކުން އިސްތިސްނާކުރެވޭނެ އެވެ.

މި ފިޔަވަޅުތަކަކީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އަޅުއްވާ ފިޔަވަޅުތަކުގެ ތެރެއިން ބައެއް ކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވެ އެވެ. މި ނިންމެވުންތަކާ ގުޅިގެން ސަރުކާރުގެ އެކި ފަރާތްތަކުންނާއި ޢާންމު ރައްޔިތުންގެ ފަރާތުން އަންނަ ޚިޔާލުތަކަށް ސަރުކާރުން ސަމާލުކަން ދެއްވާނެ ކަމަށް ބެލެވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިސް ރާއްޖޭގެ އިގްތިސާދީ ހާލަތު އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ