ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުންގެ މެދުގައި އަލުން ގުރުއަތު ނެގުމަށް ބޭނުންވާ އައިޓީ ސާމާނު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ހައުސިން މިނިސްޓަރީން އިއުލާން ކޮށްފި އެވެ.
އެ މިނިސްޓްރީން މިއަދު ސަރުކާރުގެ ގެޒެޓްގައި އިއުލާނުކުރީ އައި7 ގެ ލެޕްޓޮޕަކާއި 24 އިންޗީގެ މޮނިޓަރެއްގެ އިތުރުން 55 އިންޗީގެ ހަތަރު ޓީވީ ހޯދުމަށެވެ.
އެ އިއުލާނުގައި ބުނެފއަިވަނީ، ބީލަމާ ބެހޭ މައުލޫމާތު ސާފު ކުރުން މާދަމާގެ މެންދުރު 2:00 އަށް ތާވަލުކޮށްފައިވާއިރު، ބީލަން ހުށަހަޅަންޖެހޭ ތާރީހަކީ އަންނަ އާދީއްތަ ދުވަހު ކަމަށެވެ.
ބީލަމުގެ މައުލޫމާތު ޝީޓުގައި ބަޔާން ކޮށްފައި ވާގޮތުން ބީލަން ކާމިޔާބު ކުރާ ފަރާތަކުން ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން އެއް ދުވަސް ތެރޭގައި އެ ތަކެތި ހައުސިން މިނިސްޓަރީއާ ހަވާލު ކުރަންޖެހެ އެވެ.
ގުޅީފަޅުން ގޯތި ލިބުނު މީހުންގެ މެދުގައި އަލުން ގުރު ނަގަން ހައުސިން މިނިސްޓަރީން މަސައްކަތް ކުރަނީ އަލަށް ފާސްކުރި ލޭންޑް ޔޫސް ޕްލޭންގެ ސަބަބުން ގޯތި ލިބުނު މީހުންގެ ޕްލޮޓުތަކަށް ބަދަލު އަންނާނެތީ ކަމަށްވެސް ހައުސިން މިނިސްޓްރީއިން ބުނެފައިވެ އެވެ.
ގިރާވަރުފަޅާއި ގުޅީފަޅުގެ އާ ލޭންޑް ޔޫސް ޕްލޭން ފާސްކޮށް ގެޒެޓު ކުރީ މިމަހުގެ 16 ވަނަ ދުވަހު އެވެ.