އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސް އޮތޯރިޓީށް ސީއީއޯއެއް ހޯދަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގައި މާލީ ސިނާއަތެއް ތަރައްގީ ކުރުމަށް މިދިޔަ ޖެނުއަރީ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ‘މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ’ (މިފްސާ)އަށް ސީއީއޯއެއް ހޯދަން އިކޮނޮމިކް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

އެ މިނިސްޓްރީން މިއަދު ގެޒެޓު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ އިދާރާއަށް ސީއީއޯއެއް ހޯދަނީ ފަސް އަހަރުގެ މުއްދަތަކަށެވެ. އެ މަގާމުގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ ދެ ފަރާތުން މަޝްވަރާކޮށް މަސައްކަތުގެ ތަޖުރިބާ އާއި ފެންވަރަށް ބެލުމަށް ފަހުގައި ކަމަށެވެ.

އެގޮތުން، މަގުބޫލު ބިޒްނަސް ސްކޫލަކުން އެމްބީއޭ ހާސިލްކޮށްފައިވާނެޖެހޭ ކަމަށާއި، ފައިނޭންސް، އިކޮނޮމިކްސް ނުވަތަ ޕަބްލިކް ޕޮލިސީއާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވާންޖެހެ އެވެ.

އެ އިއުލާނުގައިވާ ޝަރުތުތަކުގެ ތެރޭގައި، ބޭންކިން އާއި އިންޝުއަރެންސް އަދި މާލީ ދާއިރާއަށް ފަރިތަ، އެ ދާއިރާތަކުން ތަޖުރިބާ ހުރި މީހަކަށް ވާން ޖެހެ އެވެ. މީގެ އިތުރުން، އެ މަގާމަށް އައްޔަންކުރާ ފަރާތަކީ ބައިނަލްއަގުވާމީ މާލީ ނިޒާމުތަކަށާއި ވިޔަފާރިތަކަށް ހޭލުންތެރި ފަރާތަކަށް ވެސް ވާން ޖެހެ އެވެ. އަދި އެ މަގާމަށް އައްޔަންކުރާ ފަރާތަކީ މަގާމާ ގުޅުން ހުރި ދާއިރާއެއްގެ އިސް މަގާމެއްގައި 10 އަހަރުގެ ތަޖުރިބާ ހުރި މީހަކަށް ވާން ޖެހެ އެވެ.

އޭގެ ތެރޭ ހިމެނެނީ:

  • ފިންޓެކް އާއި ސައިބާ ސެކިއުރިޓީ
  • މާލީ ދާއިރާގެ ހިންގުމުގެ އޮނިގަނޑުތައް (ބަސެލް، އައިއޭއައިއެސް އަދި އެފްއޭޓީއެފް)
  • ޑިވެލޮޕްމެންޓް ފައިނޭންޝަލް އިދާރާތަކާއި ކޮމާޝަލް ފައިނޭންޝަލް އިދާރާތައް
  • އެކި ދާއިރާތަކުގެ ރެގިއުލޭޓަރީ މަސައްކަތް
  • އިންޓަނޭޝަނަލް ފައިނޭންޝަލް ރިޕޯޓިން ސްޓޭންޑާޑްސް
  • ޕޭމެންޓު ނިޒާމުތައް، ސެންޓްރަލް ޑިޕޮސިޓަރީސް، ސެންޓްރަލް ކައުންޓާ ޕާޓީސް، ރޭޓިން އެޖެންސީތައް އަދި އެކްސްޗޭންޖުުތައް

މީގެ އިތުރުން، އެ މަގާމަށް އައްޔަންކުރާ ފަރާތަށް މުސާރައިގެ އިތުރުން އެކޮމޮޑޭޝަން އެލަވެންސާއި ޓްރެވަލް އެލަވެންސް އަދި އިންޝުއަރެންސް ވެސް ދޭނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ