ކްލައިމެޓް ފައިނޭންސްން އަހަރަކު 100 ބިލިއަން ޑޮލަރަށްވުރެ އިތުރުކުރުމަށް ނައިބް ރައީސް ގޮވާލައްވައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ކްލައިމެޓް ފައިނޭންސިންގްގެ ކަންކަމަށް އަހަރެއްގެ މައްޗަށް އެހީގެ ގޮތުގައި ފޯރުކޮށްދިނުމަށް މީގެ ކުރިން އެއްބަސްވެފައިވާ 100 ބިލިއަން ޑޮލަރު، އެއަށްވުރެ އިތުރު ކުރުމަށް ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް ގޮވާލައްވައިފި އެވެ.

ސަމޯއާގައި ކުރިއަށްދާ ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގެ (ސީއެޗްއޯޖީއެމް) ހަވާސާގައި ”ސީއެޗްއޯޖީއެމް ކްލައިމެޓް ބްރޭކްފަސްޓް: ބިލްޑިންގް ކޮންސެންސަސް ފޮރ ކްލައިމެޓް ފައިނޭންސް ޓަރގެޓްސް އިން ކޮމަންވެލްތު“ ގެ ނަމުގައި ބޭއްވުނު ހަރަކާތުގައި ނައިބު ރައީސް ފާހަގަކުރެއްވި ގޮތުގައި، ދުނިޔެ ހޫނުވުމުގެ ސަބަބުން ކޮމަންވެލްތުގެ އެންމެ ނާޒުކު އާބާދީތަކަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދެ އެވެ.

މޫސުމީ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށް ދެމެހެއްޓެނިވި މާލީ އެހީ ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، ނައިބު ރައީސް ވިދާޅުވީ ކްލައިމެޓް ފައިނޭންސިންގްގެ ކަންކަމަށް އަހަރެއްގެ މައްޗަށް އެހީގެ ގޮތުގައި ފޯރުކޮށްދިނުމަށް މީގެ ކުރިން އެއްބަސްވެފައިވާ 100 ބިލިއަން ޑޮލަރު އިތުރުކުރަން ޖެހޭ ކަމަށެވެ. އަދި މޫސުމީ ނޭދެވޭ ބަދަލުތަކުން ކުރިމަތިވާ ގެއްލުންތަކަށް އިޖާބަ ދިނުމާއި، ގެއްލުމުގެ އަސަރު ކުޑަކޮށް، އަދި ނޭދެވޭ ބަދަލުތަކަށް އަހުލުވެރިކުރުމުގެ ކަންކަމަށްވެސް އަމާޒުތަކެއް ކަނޑައެޅުމަށް ނައިބު ރައީސް ގޮވާލެއްވި އެވެ.

މީގެ އިތުރުން، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ (ސިޑްސް) ތަރައްޤީއަށް ބޭނުންވާ ކަންކަން އިތުރަށް ފުރިހަމަކުރުމަށްޓަކައި، މިހާރު އޮތް ބައިނަލްއަޤްވާމީ މާލީ އެހީގެ ނިޒާމަށް ބަދަލުތަކެއް ގެންނަންޖެހޭކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ކޮޕް29 ގެ ބައްދަލުވުން ނިމިގެންދާއިރު، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ޤައުމުތަކަށް ބޭނުންވާ މާލީ އެހީގެ ކަންކަން ކަށަވަރުކޮށްދިނުމަށް، މިންކުރެވެނިވި އައު އަމާޒެއް ކަނޑައަޅައި އެކަމަށް އެއްބަސްވުން މުހިންމު ކަމަ ކަމަށެވެ.

”ސީއެޗްއޯޖީއެމް ކްލައިމެޓް ބްރޭކްފަސްޓް: ބިލްޑިންގް ކޮންސެންސަސް ފޮރ ކްލައިމެޓް ފައިނޭންސް ޓަރގެޓްސް އިން ކޮމަންވެލްތު“ ގައި ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް ތަޤުރީރުކުރެއްވުން

ނައިބު ރައީސްގެ ވާހަކަފުޅުގައި، ކޮމަންވެލްތު ކްލައިމެޓް ފައިނޭންސް އެކްސެސް ހަބުން ދިވެހިރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ގްލޯބަލް ސްޓޮކްޓޭކް (ޖީއެސްޓީ)އަށް ރިޢާޔަތްކުރައްވައި، ޤައުމުތަކުން ހާސިލުކުރަންވީ ވަކިވަކި އައު އަމާޒުތަކެއް (އެންޑީސީޒް) ކަނޑައެޅުއްވުމަށްވެސް ގޮވާލެއްވި އެވެ. މީގެއިތުރުން 1.5 ޑިގްރީގެ މަގަށް އެނބުރި ދިއުމަށާއި، އަންނަން އޮތް ޖީލުތަކަށާއި، ދުނިޔެއަށް ޓަކައި އަޅަންޖެހޭ ސާބިތު ފިޔަވަޅުތައް އެޅުމަށް ކޮމަންވެލްތުގެ މެންބަރުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވި އެވެ.

މި ބައްދަލުވުމަކީ ކުރިއަށް އޮތް ކޮޕް29 ގެ ބައްދަލުވުމަށް މަގުފަހިކޮށްދޭނެ މުހިންމު ބައްދަލުވުމެއްގެ ގޮތުގައި ބެލެވެއެވެ. އަދި މި ބައްދަލުވުމުގައި ހުށަހެޅުނު ޚިޔާލުތަކާއި ހުށަހެޅުންތައް ކުރިއަށް އޮތް ތަނުގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ސިޔާސަތުތައް އެކުލަވާލުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށް އުންމީދު ކުރެވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް ރާއްޖެ - ސަމޯއާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ