4 ބިލެއް ދިރާސާ ކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީ މިއަދު ބާއްވަނީ

Advertisement

އެންމެ ފަސް

Advertisement

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ 4 ބިލެއް ދިރާސާ ކުރުމަށް މިއަދު މުޅި މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މި ޖަލްސާ އޮންނާނީ މިއަދު 11:00 ގައި ކަމަށެވެ.

މުޅި މަޖިލީހުގެ ކޮމިޓީގައި ދިރާސާ ކުރުމަށް ނިންމާފައިވަނީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ޓޫރިޒަމްއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި މުދަލާ ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ދިވެހިރާއްޖޭގެ އެއާޕޯޓަކުން ދިވެހިރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އަސްލާހު ގެނައުމުގެ ބިލެވެ.

މުޅި މަޖިލީހުގެ ކޮމިޓިއަށް ފޮނުވާ ބިލުތަކުގެ ތެރޭގައި މާލީ ބޮޑެތި ބިލުތަކާއި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލުތައް ހިމެނެ އެވެ.

ރައްޔިތުންގެ މަޖިލިސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ