މިނިސްްޓަރު މިހެން ވިދާޅުވީ އުފާވެރިކަމުގެ އިންޑެކްސް އެކުލަވާލުމުގެ ގޮތުން ބޭއްވި 3 ވަނަ މަސައްކަތު ބައްދަލުވުމުގެ ބައިވެރިންނާއި މުހާތަބު ކުރައްވައި ދެއްކެވި ވާހަކައިގަ އެވެ.
މި ބައްދަލުވުން ހާއްސަ ކުރެވިފައިވަނީ އަންހެނުންގެ ކޮމިޓީ ތަކުގެ މެންބަރުންނަށް ހާއްސަ ކުރައްވައިގެންނެވެ. މިބައްދަލުވުމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ނިސްބަތްވާ ޑަބުލިޔު.ޑީ.ސީ ތަކުގެ 200 އަށް ވުރެ ގިނަ އަންހެނުން ބައިވެރިވި އެވެ.
މިމަސައްކަތު ބައްދަލުވުމުގެ ބައިވެރިންނާއި މުހާތަބް ކުރައްވާ ވަޒީރު އިތުރަށް ވިދާޅުވީ ތަރައްޤީ އާއި ތަހުޒީބު ކުރިއެރުމަށް ޓަކައި އަންހެން ބޭފުޅުން ކުރައްވަނީ ވަރަށް ފަހުރުވެރިވާނެ މަސައްކަތެއް ކަމަށާއި މިފަދަ މަސައްކަތްތައް އަންހެން ބޭފުޅުން ވަރަށް ބުރަކޮށް ކުރައްވަމުންގެންދަވާ ކަމުގައި ފާހަގަކުރެއްވި އެވެ.
“މިތައްޔާރުކުރެވޭ މިންގަނޑު ވާނީ އޭގެޒާތުގައި އެންމެ ފަހުން ކައުންސިލްތަކާއި ޑަބުލިޔު ޑީސީ ގުޅިގެން އެރަށެެއްގެ ހާލަތު ދެނެގަތުމަށް އަލުގަނޑުމެން ބޭނުންކުރާ މިންގަޑަކަަށް ނުވަތަ ބޭނުންކުރާ ވަސީލަތަކަށް” ވަޒީރު ވިދާޅުވި އެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރާއްޖެއަށް ގެންނަން ޖެހޭ ބަދަލުތަކާއި ރަށްރަށަށް ގެންނަޖެހޭ ބަދަލުތަކުގައި ފުޅާދާއިރާއެއްގައި މަސައްކަތްތަކެއް ކުރައްވައިގެން މެނުވީ އެބަދަލުތައް ނުގެނޭވެނެކަންވެސް ފާހަގަކުރެއްވި އެވެ. މިމޭރުމުން ވާހަކަފުޅުކުރިއަށް ގެންދަވަމުން މިނިސްޓަރ ވިދާޅުވީ އުފާވެރިކަމުގެ އިންޑެކްސް އެކުލަވާލުމުގެ މިފަދަ މަސައްކަތު ބައްދަލުވުންތަކުން ލިބޭ މުހިންމު މަޢުލޫމާތު ވަރަށް ފުޅާދާއިރާއެއްގައި ބޭނުންކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށާއި ދިވެހި ރާއްޖޭގެ އިސްލާމިކް ޔުނިވާރސިޓީން އެމަސައްކަތްތައްް ކުރައްވަމުން ގެންދަވަނީ ވަރަށް ފުރިހަމަ ގޮތެއްކައި ކަން ފާހަގަކުރައްވައި އެޔުނިވާރސިޓީގެ އިސް ބޭފުޅުންނާއި މިކަމުގައި ޝާމިލްވެ އުޅުއްވާ ހުރިހާފަރާތްތަކަށް ވަނީ އެމަނިކުފާނު ޝުކުރު އަދާކުރައްވާފަ އެވެ.
އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) މިނިސްޓަރު އާދަމް ޝަރީފް އުމަރު މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް