ބިދޭސީންގެ ފިންގާޕްރިންޓް ނެގުމުގެ މަސައްކަތް އަންނަ އަހަރު ޖެނުއަރީއައް ނިމޭނެ: މިނިސްޓަރ އިހުސާން

Advertisement

Advertisement

އެންމެ ފަސް

Advertisement

އޮޕަރޭޝަން ކުނރަގީގެ ނަމުގައިފެށި ބިދޭސީންގެ ފިންގަރޕްރިންޓް ނެގުމުގެ މަސައްކަތް އަންނަ އަހަރު ޖެނުއަރީއައް ނިންމާލެވޭނެ ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ރާއީސް އޮފީހުގައި އެއިދާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ، ބިދޭސީންގެ ފިންގަރޕްރިންޓް ނެގުމުގެ މަސައްކަތް މިހާރު ލާޖްސްކޭލްކޮށް ލޯންޗް ކުރެވިފައިވާ ކަމަށެވެ.

މިހާރު ރާއްޖޭގައި ބިދޭސީންގެ ފިންގަރޕްރިންޓް ނެގުމުގެ މަސައްކަތް 82 ރަށެއްގައި ކުރިޔަށް ގެންދާ ކަމަށާއި، އަދި 6891 ފަރާތެއްގެ ބަޔޯމެޓްރިކްސް ނެގިފައިވާ ކަަމަށްވެސް މިނިސްޓަރ ވިދާޅުވެފައިވެ އެވެ.

”އަޅުގަނޑުމެންގެ ޓަރގެޓަކީ އަންނައަހަރުގެ އޭޕްރީލްގެ ކުރިން ހުރިހާ މަސައްކަތެއް ނިންމާލުން ކަމަށާއި، އަޚުގަނޑުމެންނަށް މިހާރު ފެންނަ އިންޑިކޭޝަންސް ތަކަށް ބަލާއިރު އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ ޖެނުއަރީގެ ނިޔަލަށް މި މަސައްކަތް ނިމޭނެ ކަމަށް.“

މިނިސްޓަރ ވިދާޅުވީ، އަމާޒަކީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ބިދޭސީންގެ ފިންގާޕްރިންޓް ނެގުމަށް ފެށި މަސައްކަތް އެއްއަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކްސް އައިޑެންޓިފިކޭޝަން ނެގުން ކަމަށެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ބިދޭސީން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ