ވިލާ އެއާގެ ފްލީޓަށްު ދެ ޓްވިން އޮޓަރސް އިތުރުކޮށްފި ކަމަށް އެ އެއާލައިނުން ބުނެފި އެވެ.
އޭވިއޭޓާސް މޯލްޑިވްސް އިން ރިޕޯޓްކުރި ގޮތުގައި ސީޕްލޭން އޮޕަރޭޝަންތައް އަލުން ފެށުމުގެ ގޮތުން ވިލާ އެއާއަށް ޑި ހެވިލެންޑް ކެނެޑާގެ ޑީއެޗްސީ-6 ޓްވިން އޮޓާ ދެ މަތިންދާބޯޓެއް ރާއްޖެއަށް ގެނެސްފައިވާ ކަމަށެވެ. މި އާ އިތުރުކުރުންތަކަކީ އެ އެއާލައިންގެ ވައިގެ ދަތުރުފަތުރުގެ ގާބިލްކަން އިތުރުކުރުމަށް ނިންމި ނިންމުމެއް ކަމަށް އޭވިއޭޓާސް މޯލްޑިވްސް އިން ރިޕޯޓްކޮށްފައި ވެއެވެ.
އެ މަތިންދާބޯޓުތަކަށް ފްލޯޓް ޖައްސައި، ސީޕްލޭންގެ ގޮތުގައި އޮޕަރޭޓް ކުރެވޭނެ ގޮތް ހެދުމަށް ބޭނުންވާ ގޮތަށް ފަރުމާކުރެވިފައި ވެއެވެ. އެހެންކަމުން، މިއީ ރާއްޖެ ފަދަ ޖަޒީރާ ރަށްރަށުގައި ދުއްވަން ރަނގަޅު މަރުކާއެއް ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ.
ޓްވިން އޮޓަރސްގެ ކުރިން ފްލައިމީ ބްރޭންޑްގެ ދަށުން ވިލާ އެއާ އިން ސީޕްލޭންގެ ހިދުމަތަށް ބޭނުން ކުރަމުން އައީ އެއް އިންޖީނުގެ ސެސްނާ 208 ކެރަވަން އެވެ. ސެސްނާ 208 ކެރަވަން އަކީ ޗާޓަރު ފްލައިޓްތަކާއި ސީނިކް ފޮޓޯ ފްލައިޓްތައް ހިމެނޭ ގޮތަށް އެކި އޮޕަރޭޝަންތަކަށް ބޭނުންކުރި މަރުކާއެކެވެ.
ވިލާ އެއާ އިން މިހާރު ދަނީ ސީޕްލޭން އޮޕަރޭޝަންތައް ފުޅާކުރުމަށް އޭޓީއާރްތައް އެ އެއާލައިންގެ ފްލީޓަށް އިތުރުކުރަމުން ނެވެ. އެއާލައިންގެ އޮޕަރޭޝަންތައް މައިގަނޑު ގޮތެއްގައި ބ. ދަރަވަންދޫ އާއި ބޭސް އދ. މާމިގިލިއަށް ފެށިފަހުން އޭޓީއާރުގެ ފްލީޓަކާ އެކު އެ ކެރިއަރ އިން އޮޕަރޭޓް ކުރަމުން އަންނަ ކަމަށް ވެސް އޭވިއެޓާސް މޯލްޑިވްސް އިން ބުނެފައިވެ އެވެ.