ހުޅުމާލޭގައި ސްޕޯޓްސް ކާރަކުން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވި މައްސަލައިގައި ދައުވާ ކުރުމަށް ފޮނުވައިފި އެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އަދި ދައުވާ ކުރުމަށް އެދިފައިވަނީ ސ. ހިތަދޫ، ވައިލެޓްފެހި، އުމުރުން 26 އަހަރުގެ މުހައްމަދު ވިސާމު ސިދުޤީގެ މައްޗަށެވެ.
ފުލުހުން މިއަދު މީޑިއާތަކަށް މައުލޫމާތުދެމުން ބުނެފައިވަނީ މިމައްސަލައިގައި ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް އޮކްޓޫބަރު 19 ވަނަ ދުވަހު ފޮނުވާފައިވާ ކަމަށެވެ.
ހުޅުމާލެ ސެންޓްރަލް ޕާކް ކައިރީ ހިނގި އެކްސިޑެންޓެއްގައި މަރުވީ ސައިކަލު ދުއްވަންއިން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި ވަޒީފާ އަދާކުރަމުން ދިޔަ ޕްރިޒަން ލާންސް ކޯޕްރަލް، ހަސަން ސަމާހު، 23 އަހަރު، އެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ކާރެއްގައި ސައިކަލުގައި ޖެހިގެންނެވެ.
ދިވެހި ފުލުހުންގެ ޚިދުމަތް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)