މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓާ މަގާމުން ވަކިކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރައްޔިތުން މަޖިލީހުގެ އިދާރާގެ ކޮމިޔުނިކޭޝަން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ހަސަން ޒިޔާއު، ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި ކަމަށް އޭނާ ބުނެފި އެވެ.

ޒިޔާއު މިކަން ހާމަކުރީ އިއްޔެ މަޖިލީހުގެ މީޑިއާ ގްރޫޕްގައި ލިޔުނު މެސެޖެއްގެ ޒަރީޔާއިން ނެވެ.

ގްރޫޕުން ބޭރުވުމުގެ ކުރިން ޒިޔާއު ބުނީ އިއްޔެ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އޭނާ ހުރި މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. ޑިރެކްޓަރ ކޮމިއުނިކޭޝަންގެ މަގާމަކީ ސިޔާސީ މަގާމަކަށް ނުވާއިރު އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ޕާލަމެންޓަރީ ސަރވިސްގެ ގަވާއިދާ ހިލާފަށް ކަމަށް ޒިޔާއު ބުނެފައި ވެއެވެ.

ޕާލަމެންޓަރީ ސަރވިސް ގަވާއިދާ ހިލާފަށް އެ ގަވާއިދުގައި ބަޔާންކުރާ އިޖުރާއަތްތަކާ ދެކޮޅަށް, ނޯޓިސް ދިނުމަކާ ނުލާ އަވަސް އަރުވާލައިގެން ވަޒީފާއިން ވަކިކުރުމުގެ މަގްސަދުގައި ޕާލަމެންޓަރީ ސަރވިސް ގަވާއިދުގެ ކޯޑު އޮފް ކޮންޑަކްޓާ ހިލާފުވިކަމަށް ބުނެ ޒިޔާއު މަގާމުން ވަކިކޮށްފައިވާ ކަމަށް އޭނާ ބުނެފައި ވެއެވެ.  ޒިޔާއު ބުނީ އޭނާ މަގާމުން ވަކިކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިސްވެރިން ކަމަށް ތުހުމަތުކޮށްފަ އެވެ. ހާއްސަކޮށް މަޖިލީހުގެ ޢަމީން އާންމު ފާތިމަތު ނިޔުޝާއާއި ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ރަޝީދު އާއި ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަހުމަދު ފާއިޒު އަދި ޑިރެކްޓަރ ފޮރިން ރިލޭޝަންސް ޒުއްޔިނާ ބަދުރީގެ ބައެއް ނިންމުންތަކާ ދެކޮޅަށް އޭނާ ވާހަކަ ދައްކާފައިވާތީ ވަޒީފާއިން ވަކި ކުރި ކަމަށް ޒިޔާއު ތުހުމަތު ކުރި އެވެ.

”ޒާތީ ހަސަދަވެރިކަން ފިލުވުމަށްކަމަށް ދެކެން. އަދި ބެކް ޑޭޓްކޮށް ބައެއް ޕްރޮކިއުމަންޓް ރިކުއެސްޓްތަކުގައި ސޮއި ކުރުމަށް ދެކޮޅު ހަދާފައިވާތީ ކަމަށް ދެކެން“

ޕާލަމެންޓަރީ ސަރވިސް ގަވާއިދާ ހިލާފަށް ރާވައިގެން ޒިޔާއު ވަޒީފާއިން ވަކިކުރި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އަދި މަޖިލީހުގެ އާންމު ކޮމިޓީއަށް ހުށަހަޅާނެ ވާހަކަ މީޑިއާގެ މައުލޫމާތައްޓަކާ އޭނާ ބުނެފައި ވެއެވެ.

ޒިޔާއު ކުރީގައި މަސައްކަތްކުރީ ދައުލަތުގެ މީޑިޔާގައި ނޫސްވެރިއެއްގެ ގޮތުގަ އެވެ. އޭރު އޭނާ ވަނީ އެތަނުގައި ސީނިއާ ޖާނަލިސްޓެއްގެ މަގާމު އަދާކޮށްފަ އެވެ. އަދި މިހާރުވެސް މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓްގައި ޖާނަލިޒަމް ލެކްޗަރާއެއްގެ ގޮތުގައި ޕާޓްޓައިމްކޮށް ކިޔަވާ ދެއެވެ. މޯލްޑިވްސް މީޑިއާ އިންސްޓިއުޓަކީ ޕީއެސްއެމްއިން ހިންގާ ތަނެކެވެ.  އަދި އޭނާ ދަނީ ”ސުކުން ޕްލޭ“ ގެ ނަމުގައި މީޑިއާއެއްވެސް ހިންގަމުން ނެވެ.

 

ރައްޔިތުންގެ މަޖިލިސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ