ފުލުހުން ފަޅުރަށަކުން މަސްތުވާތަކެތި ހޯދައިފި

Advertisement

އެންމެ ފަސް

Advertisement

ގއ. އަތޮޅު ފަޅު ރަށަކުން މަސްތުވާތަކެތި ހޯދައިފި އެވެ.

ފުލުހުން ބުނީ އެރަށް ބަލާ ފާސްކޮށްފައިވަނީ ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެންނެވެ.

އެރަށުގައި މަސްތުވާތަކެތި ރައްކާކޮށްފައިވާކަމަށް ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެތީގެ ބާވަތެއް އަޅާފައިވާ ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން ބުނެ އެވެ.

މި އޮޕަޜޭޝަނަކީ ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އެގޮތުން އެ ފަޅުރަށުން ފުލުހުން ހޯދި މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓުގައި 163 ގްރާމް ހުރިކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލައިގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާއިރު މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މަސްތުވާތަކެތި ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ