ޑްރަގް އެތެރެކުރި މީހާގެ ބަންދަށް 15 ދުވަސް

Advertisement

އެންމެ ފަސް

Advertisement

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފި އެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ 33 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މީނާގެ ބަންދު މުއްދަތު ޖެހުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުން ވަނީ ހުރި ހެކިތަކަށްބަލާ މީނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ. މީނާގެ އަތުން 1.8 ކިލޯގެ މަސްތުވާތަކެތި ފެނިފައިވެ އެވެ.

އެއާޕޯޓުން މީނާ ހިފެހެއްޓިއިރު ކަސްޓަމްސްއިން މި މައްސަލައިގައި ކުރިން ބުނެފައިވަނީ މީނާގެ ލަގެޖުން ފެނިފައިވަނީ މެފެޑްރޯމް ކަމަށެވެ.

މީނާއަކީ ކުށުގެ ރެކޯޑް އޮތް މީހެއްކަން ކްރިމިނަލް ކޯޓުގެ އަމުރުގައި ފާހަގަ ކޮށްފައިވެ އެވެ.

ކްރިމިނަލް ކޯޓު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ