ސިނގެރޭޓު ޑިއުޓީ ބޮޑު ކުރުމުން އަހަރެއްގެ އާމްދަނީ 10 ގުނަ އިތުރު ވާނެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ސިނގެރޭޓުން ނަގަމުން އަންނަ ޑިއުޓީ ބޮޑު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްވެއްޖެނަމަ އަހަރަކަށް ލިބޭ އާމްދަނީ 10 ގުނަ އިތުރުވާނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ސަރުކާރުގެ ފަރާތުން އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު އެވެ. އެ ބިލުގެ ފުރަތަމަ ކިޔުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވާފަ އެވެ.

މި ބިލުގައި ވަނީ ފިނޭންސް މިނިސްޓްރީގެ ކޮސްޓް އެސްޓިމޭޓެއް ހިމަނާފަ އެވެ. އޭގެން އިނގޭ ގޮތުގައި ސިނގެރޭޓާއި ބިޑިން ނަގާ ޑިއުޓީ ބޮޑު ކުރުމުން މިހާރު ސިނގެރޭޓާއި ބިޑިން އަހަރަކަށް ލިބޭ 100 މިލިއަނަށް ވުރެ ބޮޑު އާމްދަނީ 1 ބިލިއަނަށް ވުރެ މައްޗަށް އަރާނެ އެވެ. އެގޮތުން މިއަހަރަށް ލަފާކޮށްފައިވަނީ ސިނގެރޭޓާއި ބިޑީގެ ޑިއުޓީގެ ގޮތުގައި ދައުލަތަށް 178 މިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. ނަމަވެސް މި ބިލު ފާސްވެއްޖެ ނަމަ އަންނަ އަހަރަށް 1.05 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވެ އެވެ.

މިހާރު ގާނޫނުގައި އޮތް ގޮތުން ސިނގެރޭޓުން ޑިއުޓީގެ ގޮތުގައި ނެގެނީ ކޮންމެ ސިނގެރޭޓަކަށް 30 ލާރި އެވެ. ގާނޫނަށް ހުށަހެޅި އިސްލާހުގައި ވަނީ ސިނގެރޭޓަކަށް ޖެހޭ އަގުގެ 50 އިންސައްތައާއި ކޮންމެ ސިނގެރޭޓަކަށް 8 ރުފިޔާ ނެގުމަށް ހުށަހަޅާފަ އެވެ. މީގެ ސަބަބުން މިހާރު 105 ރުފިޔާ ލިބެން ހުރި ސިނގެރޭޓު ފޮއްޓެއްގެ އަގު 300 ރުފިޔާއަށް އަރާނެކަމަށް ލަފާ ކުރެވެ އެވެ. އަދި ބިޑީގެ ޑިއުޓީއަށްވެސް ވަނީ ހަމަ މި އިސްލާހު ގެނައުމަށް ހުށަހަޅާފަ އެވެ. އެގޮތުން ބިޑިއަކުން 50 އިންސައްތަ ޑިއުޓީއަކާއި ކޮންމެ ބިޑިއަކުން 8 ރުފިޔާ ނެގުމަށް ވަނީ ހުށަހަޅާފަ އެވެ.

މީގެ އިތުރުން ސިނގެރޭޓުގެ ބަދަލުގައި ބޭނުން ކުރާ އީ ސިނގެރޭޓާއި ވޭޕަށް އަޅާ ފްލޭވާ އާއި ހީޓެޑް ޓޮބޭކޯ ޕްރޮޑަކްޓްސްގެ ޑީއުޓީވެސް ވަނީ ބޮޑު ކުރަން ހުށަހަޅާފަ އެވެ. އެގޮތުން ފްލޭވާ ފުޅިއަކުން 50 އިންސައްތަ އާއި އެ ފުޅީގައި ހުންނަ ކޮންމެ އެމްއެލްއަކަށް 8 ރުފިޔާ ނެގުމަށް ވަނީ ހުށަހަޅާފަ އެވެ. މި ބަދަލު ގެންނަނީ މި ބިލު ފާސްވެ އަމަލު ކުރަން ފަށާ ދުވަހުން ފެށިގެން މިތަކެތި އިމްޕޯޓު ކުރުން މަނާކޮށްފައިވާ ދުވަހާ ހަމައަށެވެ. ވޭޕާއި އެއާ ގުޅޭ ސާމާނު އިމްޕޯޓު ކުރުމުން މަނާކޮށްފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.

ރައްޔިތުންގެ މަޖިލިސް މިނިސްޓްރީ އޮފް ފިނޭންސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ