އައްޑޫ އިންޖީނުގޭގެ މަސައްކަތް އަވަހަށް ނިންމޭތޯ މަސައްކަތް އެބަ ކުރަން: މިނިސްޓަރު ޠާރިޤު

Advertisement

Advertisement

އެންމެ ފަސް

Advertisement

އައްޑޫސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް، ގާއިމުކުރާ ޕަވާ ޕްލާންޓްގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމޭތޯ މަސައްކަތް ކުރަމުން ގެންދާ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތާރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވަނީ އައްޑޫއިން ކަރަންޓު ކެނޑޭ މައްސަލަ އަދިވެސް ތަކުރާރުވާތީ އެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ ކޮން ދުވަހަކުންތޯ މިނިސްޓަރާ ސުވާލު ކޮށްފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ތާރިގް ވިދާޅުވީ، އައްޑޫސިޓީގެ ކަރަންޓުގެ ޑިމާންޑަކީ 11.2 މެގަވޮޓް ކަމަށާއި މިހާރު އެވޭލަބަލް ކެޕޭސިޓީއަކީ 12.1 މެގަވޮޓް ކަމަށެވެ.

އައްޑުއަށް ކަރަންޓު ދިނުމަށް 13 ޖަނަރޭޓަރު ބޭނުން ކުރެވޭ ކަމަށާއި އޭގެތެރެއިން 2 ޖެނަރޭޓަރު އޯވަހޯލް ކުރުމަށް ކުރަންޖެހޭ މަަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ އިތުރަށް ބޭނުންވާ 1.2 މެގަވޮޓްގެ ޖަނަރޭޓަރު ގަތުމަށް ފެނަކައިން ބީލަން ބަލައިގަތުން މިއަދު އޮންނާނެ ކަމަށެވެ.

މިނިސްޓަރު ތާރިގް ވިދާލުވީ އައްޑޫގައި ގާއިމު ކުރާ 32 މެގަވޮޓްގެ ގެ ސެންޓްރަލް ޕަވަސްޓޭޝަންގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމޭތޯ މަސައްކަތް ކުރަމުންދާކަމަށެވެ. މިއީ ކުރީ ސަރުކާރުން ރަނގަޅަށް ޕްލޭން ނުކޮށް ކޮށްފައިވާ މަސައްކަތަކަށްވުމުން މިސަރުކާރުން ޕްލޭން ކޮށްގެން އެ ޕްރޮޖެކްޓް ބަޔަކާ ހަވާލު ކުރެވިފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މީގެއިތުރުން މިނިސްޓަރު ވިދާޅުވީ އައްޑޫގެ ހުރިހާ ރަށެއްގައިވެސް ސޯލާ ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އައްޑޫއަށް ޕަވާ ޕްލާންޓަކާއި ޑިސްޓްރިބިއުޝަން ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިސަރުކާރުން ހަވާލު ކޮށްފައިވަނީ ޗައިނާގެ ޑޮންފަންގް އިލެކްޓްރިކް ކުންފުންޏާ އެވެ.

ރައްޔިތުންގެ މަޖިލިސް އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ