ސަޓާގެ ’ފޭސް އޮފް ސައުތު އޭޝިއާ‘ އެވޯޑު ޗަމްޕާ ދެބެއިންނަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ)އިން ޗަމްޕާ ބްރަދާސް ކުންފުނީގެ ޗެއާމަން މުހައްމަދު މޫސާ އާއި ކްރައުން ގްރޫޕުގެ ޗެއާމަން ހުސައިން އަފީފު ދެކުނު އޭޝިއާގެ ފަތުރުވެރިކަމަށް ކޮށްދެއްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަންކޮށްފި އެވެ.

ދިވެހި ފަތުރުވެރިކަމުގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެ ދެ ބޭފުޅުންގެ ހިދުމަތްތަކުގެ އަގުވަޒަންކޮށް، ސާޓާއިން މީރު މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ދެ ބޭފުޅުންނަށް ’ފޭސް އޮފް ސައުތު އޭޝިއާ‘ އެވޯޑު އަރުވައިފަ އެވެ.

އެ ދެ ބޭފުޅުންނަށް އެވޯޑު ހަވާލުކޮށްދެއްވީ ސާޓާގެ ނައިބު ރައީސް ސޫރަޖް ހާން އެވެ.

މިއީ ސަރަހައްދީ ފަތުރުވެރިކަމުގެ ސިނާއަތުގައި އެންމެ ފާހަގަކޮށްލެވޭ ޝަހުސިއްޔަތުތަކަށް ދޭ އެވޯޑެކެވެ.

މިދިޔަ މަހު ނޭޕަލްގެ ކަތަމަންޑޫގައި ބޭއްވި ސާޓާ އެވޯޑްސް 2024ގައި އިތުރު ތިން ބޭފުޅަކަށް ވެސް މި އެވޯޑު ވަނީ އަރުވައިފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސޫރަޖް ވިދާޅުވި ގޮތުގައި މުހައްމަދު މޫސާގެ އިސްނެންގެވުމާ އެކު ޗަމްޕާ ބްރަދާސްއަކީ ރާއްޖެ އާއި ބައިނަލްއަގްވާމީ ފެންވަރުގައި ވަރުގަދަ ކުންފުންޏެކެވެ.

އެގޮތުން، ފަތުރުވެރިކަމާއި ހޮސްޕިޓަލިޓީގެ އިތުރަށް ދަނޑުވެރިކަމާއި މަސްވެރިކަމާއި ރިއަލް އެސްޓޭޓާއި ވޯޓާ ޑީސެލިނޭޝަން އަދި މާލީ ހިދުމަތްތަކުގެ ބޮޑު ޕޯޓްފޯލިއޯއެއް ޗަމްޕާ ކުންފުނީގައި އޮތްކަން ސޫރަޖް ފާހަގަކުރެއްވި އެވެ.

ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ