އަރަފާތު ބުޅާ މަސް ބޭނުންކޮށްފައި ނުވޭ: ފުލުހުން

Advertisement

Advertisement

އެންމެ ފަސް

Advertisement

ފިހާރަތަކަށް ވިއްކުމުގެ ބޭނުމުގައި އަރަފާތު ހޮސެން ތައްޔާރުކުރި ކާބޯތަކެތީގައި ބުޅާ މަސް ބޭނުންކޮށްފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

މިއަދު ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގަައި ވަނީ މި މައްސަލައާއި ގުޅިގެން ފުލުހުން ހިންގި ތަހުގީގުގައި ބުޅާ މަސް އަޅައިގެން އެއްވެސް ކާއެއްޗެއް ތައްޔާރުކުރި ކަމުގެ ހެއްކެއް ފެނިފައިނުވާ ކަމަށް ބުނެފަ އެވެ.

މައްސަލައިގައި ހައްޔަރުކުރި އަރަފާތްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައިނުވާތީ އެމައްސަލައިގައި ފުލުހުން ކުރަމުންދިޔަ ތަހުގީގު ނިންމާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އަރަފާތު ފުލުހުން އިމިގްރޭޝަނާއި ހަވާލުކުރުމަށްފަހު އޭނާ ވަނީ ޑީޕޯޓްކޮށްލާފަ އެވެ. މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ޑީޕޯޓުކުރީ އިމިގްރޭޝަންގެ ގާނޫނާއި ހިލާފުވެފައިވާތީ ކަމަށެވެ.

އިމިގްރޭޝަނުން ބުނީ ބުޅާތައް މެރިކަމަށް އަރްފާތުގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން ފުލުހުން ހިންގާ ތަހުގީގު ނިމުމުން އޭނާ އަނބުރާ ގައުމަށް ފޮނުވުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަރަފާތުގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ނެވެ.

ބުޅާމަސް އަޅައިގެން ކާއެއްޗެހި ތައްޔާރުކުރި ކަމަށް ތުހުމަތު ކުރެވޭ އަރަފާތު ހޮސެން ފުލުުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 20 އޮގަސްޓް ގައެވެ. އޭނާ ފެނިފައިވަނީ މާލެއިން ކަމަށްވެސް ފުލުހުން މައުލޫމާތުދިނެވެ.

އަރަފާތު މާލެ ސަރަހައްދުގައި ބުޅާ މަރާލުމާއި، ކާބޯތަކެތި ތައްޔާރުކުރުމަށް ބުޅަލުގެ މަސް ބޭނުންކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ތުހުމަތުތަކެއް ފެތުރިފައި ވެއެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 32 އަހަރުގެ އަރަފާތުގެ ވާހަކަ އެންމެ ފުރަތަމަ ސޯޝަލް މީޑިއާގައި އާންމުކުރީ ފެލައިން މޯލްޑިވްސް އިން ނެވެ.

ސޯޝަލް މީޑިއާގައި ފެންނަ ވީޑިއޯތަކުން ދައްކާ ގޮތުގައި ބޮޑުތަކުރުފާނު މަގުގައި ހުންނަ މެރީ ބްރައުން ރެސްޓޯރެންޓް ކުރިމަތީގައި ހުންނަ ޕާކިން ޒޯނުގައި އަރަފާތާއި އާންމު މީހަކު ސުވާލުކޮށްފައިވެ އެވެ. ވީޑިއޯގައި ޕްލާސްޓިކް ކޮތަޅު ހިފައިގެން ޕާކިން ޒޯނުގައި ހުންނަނީ ކީއްވެގެންތޯ ސުވާލު ކުރުމުން އޭނާ ބުނީ އެ ކޮތަޅަށް ބުޅާ އަޅައިގެން ގެއަށް ގެންދިއުމަށް ބޭނުން ކުރާ ކަމަށެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ