ކޭޝްފްލޯ ވަރަށް ތާށި، ކޮންޓްރެކްޓަރުންނަށް ފައިސާ އެބަ ދޫކުރަން: މިނިސްޓަރ ޒަމީރު

Advertisement

Advertisement

އެންމެ ފަސް

Advertisement

ކޭޝްފްލޯ ވަރަށް ތާށި ކަމަށާއި، ކޮންޓްރެކްޓުންނަށް ފައިސާ ދޫކުރާ ކަމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ބަޖެޓުގައި ކުދި އަދަދުތަކެއް ޖަހާފައި، ހަރަދު ކުރުމުން ކޭޝްފްލޯއަށް ތާށިތަކެއް އަންނަ ކަމަށެވެ.

“މިސާލަކަށް މިއަހަރު ގާތްގަނޑަކަށް 100 މިލިޔަން ރުފިޔާގެ ޕްރޮޖެކްޓެއްގައި 2 މިލިއަން ރުފިޔާ ޖަހާފަ ދެން އެ ހަރަދު ކުރަނީ، އެކަމަކު ދެންއަންނަ އަހަރެއްގެ ތެރެއައް މި ފޯލްވަނީ. އޭގެ ސަބަބުން ދިމާވާ ދަތިތަކެއް އެބަހުރި.”

މިނިސްޓަރ ވިދާޅުވީ، މި ހުސްވި އަހަރު ވަރަށްގިނަ ޕްރޮޖެކްޓް ތަކަށް އެގޮތަށް ދިމާވެފައިވާ ކަމަށެވެ. އަހަރު ނިމުނު އިރު ބަޖެޓުގައި ކުދިއަދަދު ތަކެއްހިމަނާލައިފައި އެޑްވާންސް ޕޭމެންޓް ރިލީސްކޮށްފައި، ޕްރޮޖެކްޓް ހިންގަން ފެށުމުން، މިއަހަރުގެ ތެރެއަށް އެ ޕްރޮޖެކްޓް އައިސްފައިވާ ކަމަށެވެ. އޭގެ ސަބަބުން 3 ބިލިޔަން ރުފިޔާގެ ކޭޝްފްލޯގެ މައްސަލައެއްވެސް އަންނަ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މި ކަންކަމަކީ ގާނޫނާއި ހިލާފަށް ކުރެވިފަ ހުރި ކަންކަން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

“މިކަންކަން މިހެން ދިމާވާ ސަބަބަކީ ފޮރިން ފަންޑެޑް ޕްރޮޖެކްޓެއްގެ ފައިސާ ދޫކުރާނީ ކޮންޓްރެކްޓަރަށް. ދޫކުރާއިރު ފިނޭންސުންް އެދުނީމަ މި ދޫކުރަނީ. އެ ދޭއިރުގަ އަޅުގަނޑުމެން ރިކޯޑު ނުކުރާނަމަ. ދެން އެއް އަހަރު ފަހުން އަންނަ އިރުގަ ދެން އަޅުގަނޑުމެން މި ދަންނަވާކަހަލަ މަށްސަލަ ދިމާވާނެ.”

މި ކަންކަން މިހެންވާތީ މިހާރު އުސޫލު ކަނޑައަލަފައިވާ ކަމަށާއި، އެހެންނަމަވެސް އޮޑިޓަރ ޖެނަރަލްގެ ލަފައެއް ލިބުމުން އެ ކަންތަށް ރަނގަޅުކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓްރީ އޮފް ފިނޭންސް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ