ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސުމަށް 4.2 ބިލިއަން ރުފިޔާގެ ޓްރެޝަރީ ބިލު ވިއްކަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

4.2 ބިލިއަން ރުފިޔާ (273 މިލިއަން ޑޮލަރު) ގެ ޓްރެޝަރީ ބިލު ވިއްކުމަށް ފިނޭންސް މިނިސްޓްރީން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި މި ޓްރެޝަރީ ބިލުތައް ވިއްކުމަށް ނިންމީ ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކަ އެވެ. އެގޮތުން ޖުމްލަ 4.2 ބިލިއަންގެ ޓްރެޝަރީ ބިލު ވިއްކާއިރު، މި ޓްރެޝަރީ ބިލުތައް ވިއްކާނީ ހަތަރު ބައިކުޅަ ބަޔަށް ބަހާލައިގެން ނެވެ.

މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ހަތަރު ބައިގެ ތެރޭގައި ހިމެނެނީ:

  1. 28 ދުވަހުގެ މުއްދަތަށް 123.7 މިލިއަން ޑޮލަރުގެ ޓީ-ބިލު
  2. 98 ދުވަހުގެ މުއްދަތަށް 11 މިލިއަން ޑޮލަރުގެ ޓީ-ބިލު
  3. 182 ދުވަހުގެ މުއްދަތަށް 54 މިލިއަން ޑޮލަރުގެ ޓީ-ބިލު
  4. 364 ވަހުގެ މުއްދަތަށް 78 މިލިއަން ޑޮލަރުގެ ޓީ-ބިލު

މި ޓްރެޝަރީ ބިލުތަކުގެ އިންޓަރެސްޓް ރޭޓު ހުންނާނީ 3.50% އާއި 4.60% އާ ދެމެދު ގައެވެ. އަދި މި ޓީ-ބިލުތައް ވިއްކުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހު އެވެ.

ޓްރެޝަރީ ބިލަކީ ލޯކަލް ކަރަންސީން ޑިސްކައުންޓް އަގުގައި ދޫކުރާ ކުރު މުއްދަތުގެ މާލީ ވަސީލަތެކެވެ. އޭގެ މޫނުމަތީ އަގު މެޗުރިޓީއަށް އަނބުރާ ދައްކަ އެވެ. މި ބިލުތައް ގަންނަނީ ގިނަ ފަހަރަށް ބޭންކުތަކާއި، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި، އަދި އެކިއެކި ޕަބްލިކް އަދި ޕްރައިވެޓް ކުންފުނިތަކުން ނެވެ.

މީގެ އިތުރުން، ސަރުކާރުގެ އާމްދަނީ އިތުރުކުރުމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އެޅުމަށް ވެސް ރާވަމުންދާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ. މީގެ ތެރޭގައި ޓޫރިޒަމް ދާއިރާއިން ނަގާ ޓެކްސްތައް ބޮޑުކުރުން ހިމެނެ އެވެ. މި ބަދަލުތަކުގެ ސަބަބުން އަހަރަކު އިތުރު 169 މިލިއަން ޑޮލަރު ލިބޭނެ ކަމަށާއި، އަދި ޤައުމުގެ ޖީޑީޕީ އަހަރަކު 3% އަށް އިތުރުވާނެ ކަމަށް މިނިސްޓްރީން ލަފާކުރެ އެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު މިނިސްޓްރީ އޮފް ފިނޭންސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ