މިއަދު ހުޅުމާލެއިން ކުނި ނަގާނީ ހަވީރު، ރޭގަނޑު ހިދުމަތް މެދުކެނޑޭނެ: ވެމްކޯ

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލެ ގޭބިސީތަކުން ކުނި ނެގުމުގެ ހިދުމަތް މިއަދު ދޭނީ ހަވީރު ކަމަށާއި، ރޭގަނޑު ހިދުމަތް މެދުކެނޑޭނެކަމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފި އެވެ.

ވެމްކޯ އިން އާންމުކުރި ނޯޓިސްއެއްގައި ބުނެފައިވަނީ މިއަދު ހުޅުމާލެ ގޭވިސީތަކުން ކުނި ނެގުމުގެ ހިދުމަތްދޭ ގަޑިއަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން މިއަދު ގޭބިސީތަކުން ކުނި ނެގުމުގެ ހިދުމަތްދޭނީ ހަވީރު 4:00 އިން ރޭގަނޑު 8:00 އަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.

އޭގެއިތުރުން މިރޭ 8:30 އިން ފެށިގެން 10:30 އަށް ހުޅުމާލެ ވޭސްޓް ކަލެކްޝަން ސްޓޭޝަނުން ކުނި ނެގުމުގެ ހިދުމަތް މެދުކެނޑޭނެކަމަށް ވެމްކޯ އިން ބުނެ އެވެ. ނަމަވެސް އެ ކުންފުނީގެ ހިދުމަތަށް މިއަދު މި ބަދަލު ގެނައި ސަބަބެއް އެ ކުންފުނިން ހާމައެއް ނުކުރެ އެވެ.

ވެމްކޯ އިން ބުނި ގޮތުގައި ހުޅުމާލެއިން ކުނި ނެގާ ގަޑިއަށް މިއަދު ބަދަލުތަކެއް ގެނެއި ނަމަވެސް، މާލޭގެ ކުނި ނަގާ ގަޑިއަށް މިއަދު ބަދަލެއް ނާންނާނެ އެވެ. އަދި މާލެ ވޭސްޓް ކަލެކްޝަން ސެންޓަރުގެ ހިދުމަތްވެސް ލިބޭނެކަމަށް އެ ކުންފުނިން ބުނެ އެވެ.

މިއަދު ހުޅުމާލެއިން ކުނި ނަގާ ގަޑިއަށް ބަދަލު ގެނައިއިރު، ކުނި ނެގުމުގެ ހިދުމަތްދޭ ގަޑިތަކަށް ދާއިމީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ވެމްކޯއާ ޓްރާންސްޕޯޓް މިނިސްޓްރީއާ ސަރުކާރުގެ ކަމާއިގުޅޭ މިނިސްޓްރީތައް ގުޅިގެން އަންނަނީ ކުރިއަށްގެންދަމުންނެވެ.

ހުޅުމާލެ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ