ބުޅަލުގެ މައްސަލައަށް ދާއިމީ ހައްލެއް ގެންނަން މަސައްކަތް ކުރެއްވީ ހަަމައެކަނި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމުގައި މާލޭގެ ޑެފިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވެއްޖެ އެވެ.
ނަރީޝް މިގޮތަށް ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
މި ޕޯސްޓުގައި ނަރީޝް ވަނީ މާލެ އަށް ދިމާވެފައިވާ ބުޅަލުގެ މައްސަލައިގެ ވާހަކައަކީ ސަރުކާރުތަކުން ދައްކަމުން އައި ވާހަކަތަކެއް، ނަމަވެސް ބުޅަލުގެ މައްސަލައެއް ދާއިމީ ހައްލެއް ގެންނަން އަމަލީ މަސައްކަތް ފެށުނީ މާލޭ ސިޓީ މޭޔަރަކަށް ރައީސް މުުއިއްޒު ހުންނަވައިގެން ކުރެއްވި މަސައްކަތުންކަން ފާހަގަކުރައްވާފަ އެވެ. ކައުންސިލްގައި ރައީސް މުއިއްޒު ހުންނަވާ ބުޅަލުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވަން ކުރައްވަމުން އައި މަސައްކަތް ހުއްޓުނީ ކުރީ ސަރުކާރުން އެކަމަށް ދެންޖެހޭ ބިން ނުދީ ހިފެހެއްޓުމުން ކަމުގައި ނަރީޝް މައުލޫމާތު ދެއްވި އެވެ.
ރައީސްކަމަށް އިންތިހާބުވުމާއި އެކު ފުރަތަމަ އަހަރު ތެރޭ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާރ އާއި ހަވާލުކޮށްގެން މާލޭ ސިޓީ ކައުންސިލްގެ އެހީތެރިކަމާއި އެކު ސަރުކާރުން ހުޅުމާލެއިން ފަހިކޮށްދިން ބިމުގައި މިހާރު އެވަނީ ކެޓް ޝެލްޓަރ އެއް ބިނާކޮށް ނިމި އަންނަމަހު ކުރީކޮޅު ހުޅުވަން ތައްޔާރުވެފަ އެވެ.
މިއީ ސީދާ ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން ކުރިޔަށް ގެންދިޔަ ސަރުކާރުގެ ޕްރެޖެކްޓެކެވެ. މިކަމުގައި ކެޓް ޝެލްޓަރ ބިނާކުރުމުގެ މަސައްކަތް ސަރުކާރުން އެދުނު ގޮތަށް ކޮށްދިނީ މާލެ ސިޓީ ކައުންސިލުން ކަމުގައި ނަރީޝް ވިދާޅުވި އެވެ.
“ މާލޭގެ ރައްޔިތުންގެ މިބޮޑު ކަންބޮޑުވުމަށް ގެނެސްދެއްވި އަވަސް ހައްލަށް ހައްގު ޝުކުރު ރައީސް މުއިއްޒަށް ދަންނަވަން! ”
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަހުމަދު ނަރީޝް މާލެ ސިޓީ ކައުންސިލް