މިރޭ ފެންނާނީ މި އަހަރު ފެންނާނެ އެންމެ ބޮޑު ހަނދު ކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ފަލަކީ އިލްމުވެރިއެއް ކަމުގައިވާ މައުމޫން މިގޮތަށް ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
މައުމޫންގެ ޕޯސްޓުގައި ވަނީ މިރޭ ފެންނާނެ ސުޕަރ ހަންޓަރޒް ފުލްމޫން ބަލާލުމަށް އެދިވަޑައިގެންފަ އެވެ.
”މިއަަހަރު ފެންނާނެ ކަމަށްވާ އެންމެ ބޮޑު އަދި އެންމެ އަލިގަދަ ފުލްމޫން“
މިރޭ ހަނދު އަރާނީ މިއަދު ހަވީރު 5:49 ގައި. ކަމަށާއި ހަނދު އޮއްސޭނީ މާދަމާ ހެނދުނު 6:23 ގައި ކަމަށް މައުމޫން މައުލޫމާތު ދެއްވާފައިވެ އެވެ.
މިއީ މިއަހަރު ތެރޭ ފެންނާނެ ތިންވަނަ ސުޕަ މޫން ނުވަތަ ބޮޑު ހަނދެވެ. ހަންޓާސް މޫން ފެންނާނީ އަހަރަކު އެއް ފަހަރެވެ. އާންމުކޮށް މި ހަނދު ފާޅުވާނީ އޮކްޓޫބަރު މަހުގަ އެވެ. ނަމަވެސް މަދު ހާލަތެއްގައި ނޮވެމްބަރު މަހުގައި މި ހަނދު ފާޅުވާކަމަށް ފަލަކީ އިލްމުވެރިން ބުނެ އެވެ.