ބިއޯންޑް އެއާލައިންގެ ދެވަނަ މަތިންދާބޯޓު ރާއްޖެއަށް ގެނެސްފި އެވެ.
ރާއްޖޭގެ ފުރަތަމަ ޕްރީމިއަމް ލެޝަރ އެއަރލައިން ’ބިއޯންޑް‘ ގެ ދެވަނަ މަތިންދާބޯޓު ރަސްމީކޮށް ރާއްޖެއަށް ގެނެސް، ތައާރަފްކުރުމަށް ބޭއްވުނު ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީން އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
މި މުނާސަބަތުގައި، ބިއޯންޑް އެއަރލައިންއިން ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާ ކުރިއެރުވުމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކޮށް، އެ ކުންފުންޏަށް މަރުޙަބާ ދަންނަވާފައިވެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަމީން ވަނީ އެއާރލައިންތަކަށް ބޭނުންވާ ހުރިހާ ކަމެއް ސަރުކާރުން ފަހިކޮށްދޭނެ ކަމުގައި ވިދާޅުވެފަ އެވެ.
ލަގްޒަރީ އެއާލައިން، ބިއޯންޑްގެ ދަތުރުތައް ރާއްޖެއަށް ފަށައިފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަސް ތެރޭގަ އެވެ.
ބީއޮންޑްގެ މައި އޮފީސް ހުންނަނީ ދުބާއީގަ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ މި ލަގްޒަރީ އެއާލައިނަކީ މެކްސް ނިލޯވް އާއި ޓެރޯ ޓާސްކިލާ ނޮވެމްބަރު 2022 ގައި އުފެއްދި އެއާލައިނެކެވެ. މި އެއާލައިނަކީ އިންވެސްޓްމަންޓް ފަރުމާއެއް ކަމަށްވާ އަރަބެސްކް، އަދި ހޮސްޕިޓަލިޓީ ދާއިރާގައި ވިޔަފާރިކުރާ ކުންފުނި ސިމްޑީ ގްރޫޕުން އުފެއްދި ޖޮއިންޓް ވެންޗާއެކެވެ.
ބިއޯންޑް އެއާލައިން މިނިސްޓަރ ޠާރިޤު އިބްރާހީމް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން