ޑަބްލިއުއެޗްއޯއާއި ރާއްޖެ ގުޅިގެން މަސައްކަތްކުރުމަށް ޚާއްޞަ އެއްބަސްވުމެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

ދިވެހިރާއްޖެއާއި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) ގުޅިގެން މަސައްކަތްކުރުމަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް ޕްލޭނެއް ރަސްމީކޮށް އިފްތިތާޙުކޮށްފި އެވެ.

މި ޕްލޭން އިފްތިތާޙުކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމާއި ޑަބްލިއުއެޗްއޯގެ ރީޖަނަލް ޑިރެކްޓަރު ފޯ ސައުތުއީސްޓް އޭޝިއާ ސައިމާ ވަޒީދެވެ.

މި އައު ޕްލޭނަށް ޢަމަލުކުރަން ފަށާނީ މިނީ މިއަހަރުން ފެށިގެން 2029 ވަނަ އަހަރު ނިމެންދެން ނެވެ. ހެލްތު މިނިސްޓްރީން މަޢުލޫމާތު ދެއްވިގޮތުގައި މި ޕްލޭންގެ ދަށުން މުހިންމު 5 ކަމެއް ވަނީ ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  1. ސިއްޙީ ނިޒާމު އިތުރަށް ހަރުދަނާކުރުން
  2. އަސާސީ ސިއްޙީ ޚިދުމަތްތައް ކުރިއެރުވުމަށް އިންވެސްޓްކުރުން
  3. ސިއްޙީ ޚިދުމަތްތައް ލިބުމަށް ދަތިވާ މީހުންނަށް ސިއްޙީ ޚިދުމަތްތައް ލިބޭނެ ގޮތް ކަށަވަރުކުރުން
  4. ސިއްޙީ ޚިދުމަތްތަކުގައި ދިމާވާ އިޖުތިމާޢީ، އިޤްތިޞާދީ، އަދި ވިޔަފާރީގެ މައްސަލަތައް އެންމެ އެކަށޭނަ ގޮތެއްގައި ޙައްލުކުރެވޭނެ ސިއްޙީ ނިޒާމެއް އުފެއްދުން
  5. ތަފާތުކުރުމެއްނެތި އެންމެންނަށް ހަމަހަމަ ގޮތެއްގައި ސިއްޙީ ޚިދުމަތް ލިބޭނެ ގޮތް ހެދުން

ހެލްތު މިނިސްޓްރީން އިތުރަށް ފާހަގަކުރި ގޮތުގައި މި ޕްލޭންގެ މައިގަނޑު މަޤްޞަދަކީ ތަފާތުކުރުމެއްނެތި އެންމެންނަށް ހަމަހަމަ ގޮތެއްގައި ސިއްޙީ ޚިދުމަތް ލިބޭނެ ގޮތް ހެދުމެވެ. މި ޕްލޭން ތަންފީޛުކުރުމަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ޑަބްލިއުއެޗްއޯއިން ވަނީ ވަޢުދުވެފަ އެވެ.

ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް މިނިސްޓްރީ އޮފް ހެލްތް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ