މޯލްޑިވްސް މީޑިއާ ކައުންސިލަށް 10 މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.
މިކަން ހާމަކޮށްފައިވަނީ ޔޫތު މިނިސްޓްރީއިން ރައީސް އޮފީހުގެ ’ސަރުކާރު‘ ވެބްސައިޓުގައި ޝާއިޢުކުރި ޚަބަރެއްގައެވެ.
ޔޫތު މިނިސްޓްރީއިން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، ވޯޓުލުމަށް ރަޖިސްޓްރޭޝަން ފޯމާއި ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ބަލައިގަންނާނީ އޮކްޓޯބަރު 17 އިން 23 އަށް ހެނދުނު 9:00 އިން މެންދުރު 13:30 އަށް ޔޫތު މިނިސްޓްރީއިން ނެވެ. އަދި މިނިސްޓްރީގެ އީމެއިލް މެދުވެރިކޮށްވެސް ފޯމު ހުށަހެޅުމުގެ ފުރުޞަތު އޮންނާނެކަމަށް އެ މިނިސްޓްރީއިން ބުނެފައިވެ އެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލަކީ 10 މެންބަރުންގެ މައްޗަށް އެކުލެވޭ މަޖިލީހެކެވެ. މީގެ ތެރޭގައި ހިމެނެނީ އާންމު 3 މެންބަރުންނާއި މީޑިއާތަކުން 7 މެންބަރުން ނެވެ. މި ކައުންސިލަކީ ބްރޯޑްކާސްޓަރުން ފިޔަވައި ރާއްޖޭގައި ހިމެނޭ އެހެން ބާވަތްތަކުގެ މީޑިއާތަކުގެ ބެލެނިވެރި ފަރާތެވެ.
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)